ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)238-B/238/2020/11
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:16
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. އަތޮޅުގެ ފަޅުރަށްރަށް ބޭނުންކުރުމާއި ގުޅޭ

ދ. އަތޮޅުގެ ފަޅުރަށްރަށް ބޭނުންކުރުމާއި ގުޅޭ:

މިދުވަސްވަރަކީ ކާށިހޮވުމާއި ފަންހޮވުމަށްޓަކައި މިއަތޮޅާއި އަދި އެހެނިހެން އަތޮޅުތަކުގެ ރަށްރަށުންވެސް ގިނަބަޔަކު މިއަތޮޅުގެ ފަޅުރަށްރަށުގައި ހަރަކާތްތެރިވަމުންދާ ދުވަސްވަރެކެވެ. އަދި އެފަދަ ރަށްރަށުން ރުއްގަސް ކެނޑުމާއި ވެލިނެގުމުގެ ޝަކުވާވެސް މިއިދާރާއަށް އަންނަނީ ލިބެމުންނެވެ. އަދި ހިމާޔަތް ކުރެވިފައިވާ ގަސްގަހާގެއްސަށް ގެންލުން ދޭކަމުގެ ޝަކުވާވެސް ދަނީ ލިބެމުންނެވެ.

އަޅުގަނޑުމެންގެ ހިޔާވަހިކަމާއި ހިމާޔަތަށްޓަކައި އުފެދިފައިވާ މި ނާޒުކު ދޮންވެލި ރަށްތަކުގައި ހިންގޭ، އެފަދަ ޢަމަލުތަކަކީ އަދުގެ ތިމާވެއްޓާއި ބީރައްޓެހި، ނާތަހްޒީބު ކަންތައްތަކަކަށްވާތީއާއި އަދި އަޅުގަނޑުމެންގެ ވެށި ހިމާޔަށްކޮށް ބަލަހައްޓާނެ އެހެން ފަރާތެއް ނެތްކަން އެނގިތިބެމެ، އެފަދަ ޢަމަލުތަކަށް ޖާގަދެވިގެން ދިއުމަކީ މިއިދާރާގެވެސް އަދި ތިޔަ ލޮބުވެތި ރައްޔިތުންވެސް ބަލައިގަންނާނެ ކަމެއްނޫންކަން ޔަޤީންކުރަމެވެ. އަތޮޅުގެ ފަޅުރަށްތައް ބޭނުންކުރުމުގައި ތިރީގައިވާ ކަންތައްތަކަށް ސަމާލުކަން ދެއްވައިގެން ބޭނުންކުރަމުން ގެންދުމަށްވެސް މިފުރުޞަތުގައި އިލްތިމާސް ކުރަމެވެ.

 

  • ރަށްރަށުން ރުއްގަސް ނުކެޑުން އަދި ރުއްގަހަށް އެއްވެސް ގެއްލުމެއްވެސް ނުދިނުން.
  • ރުކުގައި ހުންނަ ރޯފަން ކޮށުން ނުވަތަ ކެނޑުން.
  • ގަސްއިންދުމަށް ނުވަތަ އެފަދަ އެހެންވެސް ބޭނުމަކަށް އެއްވެސް ބާވަތެއްގެ ވެލި ނެގުން.
  • ހިމާޔަތް ކުރެވިފައިވާ ނަސްލުތަކަށް (ކަނޑޫފާ، ކުޅި ފަދަ ތަންތަނާއި އެތަންތާނގެ ވަށައިގެންވާ ދިރުންތައް) ރައްކާތެރިވުން.
  • ރަށްރަށަށް އަރާ އަދި ކަނޑުފަޅު ތެރޭގައި އުޅޭ ވެލާ ކަހަނބު ނެގުމާއި އަދި އެފަދަ ތަކެއްޗަށް ރައްކާތެރިވުން.

 

އެހެންކަމުން މިއަތޮޅުގެ ފަޅުރަށްރަށަށް ދަތުރުދާ ފަރާތްތަކާއި އަދި އެނޫންވެސް ޒަރޫރީ ބޭނުންތަކުގައި ރަށްރަށް ބޭނުންކުރަމުންދާ ނުވަތަ އަރާފައިބާ ފަރާތްތަކުން ތިރީގައިވާ ކަންތައްތަކަށް ސަމާލުކަން ދެއްވުމަށް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

16 ސެޕްޓެންބަރު 2020