މަސައްކަތް
ނަންބަރު: (IUL)177/1/2020/16
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 01 އޮކްޓޫބަރު 2020 11:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
މިއޮފީހާއި، އޮލިމްޕަސް އަދި ނޭޝަނަލް އާޓް ގެލެރީ ފޮޅާ ސާފުކޮށް މެއިންޓެއިންކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އޮފީހާއި، މި އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮލިމްޕަސް އަދި ނޭޝަނަލް އާޓް ގެލެރީ، އަމިއްލަ ތަކެތީގައި ފޮޅާ ސާފުކޮށް މެއިންޓެއިންކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އެސްޓިމޭޓް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

 

މަސައްކަތް

ތަން

ދުވަސް

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުން

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް

(އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން)

ބުރާސްފަތި

24 ސެޕްޓެމްބަރ 2020

11:00

އަންދާސީ ހިސާބު ހުށަހެޅުން

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް

(އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން)

ބުރާސްފަތި

01 އޮކްޓޯބަރ 2020

11:00

 

ނޯޓް: އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

ސެކްޝަން – 5

އެން.ސީ.އޭ އާއި، އެން.ސީ.އޭ ގެ ބެލުމުގެ ދަށުގައިވާ އޮލިމްޕަސް އަދި ނޭޝަނަލް އާޓް ގެލެރީ ސާފުކޮށް މެއިންޓެއިންކޮށްދޭނޭ ފަރާތެއް ހޯދުމަށް

 

1)      އިޢުލާން ނަންބަރ(IUL)177/1/2020/16 :      

2)      ތާރީޙް: 21 ސެޕްޓެމްބަރ 2020

3)      މަޢުލޫމާތު ސާފުކޮށްދޭ ތާރީޙް: 24 ސެޕްޓެމްބަރ 2020  (ބުރާސްފަތި)

4)      ގަޑި: 11:00

5)      ބީލަން ހުށަހަޅާ ތާރީޚް: 01 އޮކްޓޯބަރ 2020  (ބުރާސްފަތި)

6)      ގަޑި: 11:00

7)        މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ޙާޟިރުވާންޖެހޭ ތަން:  ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް

 

ބީލަމާބެހޭ މަޢުލޫމާތު

 

01-  މަސައްކަތް:

 

އެން.ސީ.އޭ އާއި، އެން.ސީ.އޭ ގެ ބެލުމުގެ ދަށުގައިވާ އޮލިމްޕަސް އަދި ނޭޝަނަލް އާޓް ގެލެރީ ސާފުކޮށް މެއިންޓެއިންކޮށްދޭނޭ ފަރާތެއް ހޯދުމަށް

 

 

02-     މަސައްކަތުގެ ތަފްޞީލް

  1. 1.      އޮލިމްޕަހާއި، އެން.ސީ.އޭ ސާފުކުރުން

 

-          ކޮންމެ ދުވަހަކުވެސް އޮލިމްޕަސް ކޮރިޑޯއާއި ހޯލް ކުނިކަހާ ފޮޅާ ސާފުކުރުން  

-          ކޮންމެ ދުވަހަކުވެސް އޮލިމްޕަހުގެ ފާޚާނާތައް ދޮވެ ސާފުކުރުން 

-          ކޮންމެ ދުވަހަކުވެސް ޓިކެޓް ކައުންޓަރ ކުނިކަހާ ފޮޅާ ސާފުކުރުން 

-          ކޮންމެ ދުވަހަކުވެސް އޮލިމްޕަހުގެ ބެކްޔާޑް ކުނިކަހާ ފޮޅާ ސާފުކުރުން 

-          މަހަކު ދެފަހަރު ފުރާޅާއި ދިޔަދޮވި އަދި ޓެރަސްތައް ކުނިކަހާ ސާފުކުރުން

-          ކޮންމެ ދުވަހަކުވެސް ޕްރެކްޓިސް ރޫމްތައް ކުނިކަހާ ފޮޅާ ސާފުކުރުން

-          ހަފްތާއަކު އެއްފަހަރު އޮފީސް އިމާރާތުގެ ހުރިހާ ބިއްލޫރި ދޮރުތަކެއް ފޮޅާ ސާފުކުރުން

-          މަރާމާތެއް ކުރަންހުރި ނަމަ ލަސްނުކޮށް އެމަރާމާތެއްގެ ތަފްސީލް އޮފީހަށް އެންގުން

 

 

 

 

  1. 2.     އާޓް ގެލެރީ ހޯލް ސާފުކުރުން:

-          ކޮންމެ ދުވަހަކު އޮފީހާއި، ސްޓޯރ ރޫމް ކުނިކަހާ ސާފުކޮށް މޮޕްލުން

-          ކޮންމެ ދުވަހަކު އާޓް ގެލެރީ ހޯލް ކުނިކަހާ ސާފުކޮށް މޮޕްލުން

-          ހަފްތާއަކު އެއްފަހަރު ބިއްލޫރި ދޮރުތައް ސާފުކުރުން

-          މަރާމާތެއް ކުރަންހުރި ނަމަ ލަސްނުކޮށް އެމަރާމާތެއްގެ ތަފްސީލް އޮފީހަށް އެންގުން

 

  • ·        މުއްދަތު:

-          މަސައްކަތް ޙަވާލުކުރެވޭނީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

 

03-     މާކްސް ދެވޭނެގޮތް

 

އިވެލުއޭޝަން މިންގަނޑު

ޕޮއިންޓް ދެވޭނެ ދާއިރާ

ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް

ޕޮއިންޓްގެ އަދަދު

އަގު

ހުށަހެޅި އެންމެ ހެޔޮ އަގު/ ހުށަހެޅި އަގު × 60 (އަގު ކުޑަވީ ވަރަކަށް ލިބޭ ޕޮއިންޓް ގިނަވާނެއެވެ.)

60

މަސައްކަތުގެ ތަޖުރިބާ

ޕްރޮފައިލްގައި ހިމަނާފައިވާ ދާއިރާއާ ގުޅޭ، ކުރަމުންދާ / ކޮށްފައިވާ ކަންތައްތައް. (ވޭތުވެދިޔަ 3 އަހަރު ދުވަހު ކޮށްފައިވާ ފޮޅާ ސާފުކުރުމާއި ގުޅުން ހުރި މަސައްކަތަކަށް)

30

މާލީ ޤާބިލުކަން

ހުށަހެޅި ވެލިޔު / ހުށަހެޅި އެންމެ މަތީ ވެލިޔު × 10

10

ޖުމްލަ

100

 

 

 

މަސައްކަތް ކުރާފަރާތުން އިސްކަންދޭނެޖެހޭ ކަންތައްތައް:

-          އެޗް.ޕީ.އޭގެ ގައިޑް ލައިންތަކާއި އެއްގޮތަށް އަމަލުރަންވާނެއެވެ.

-          މަސައްކަތް ކުރަން އަންނަމީހުންގެ އަޙްލާޤް އަދި ސާފުތާހިރުކަމަށް އިސްކަންދިނުން

-          ކޮންމެ ތަނަކަށް ފޮނުވާ މަސައްކަތު މީހުންނާއި އެކު ދިވެހިބަހުން މުއާމަލާތު ކުރަން އެނގޭނެ ސްޕަވައިޒަރެއް ބެހެއްޓުން

-          ފޮޅާ ސާފުކުރުމަށް ކަޑައެޅިފައިވާ ގަޑިއަކީ 10:00 އިން 14:00 |ށް ކަމުގައި ވާންވާނެއެވެ.

-          މަސައްކަތުގައި ސާފުކުރުމަށް ބޭނުންވާ ތަކެތި ގެންނަވާނީ މަސައްކަތް ކުރާ ފަރާތުންނެވެ.

  • ވެކުއުމް ކްލީނަރ
  • ވިންޑޯރ ސާފުކުރަން ބޭނުން ކުރާ ދަނޑި
  • މޮޕް
  • ފިހިގަނޑު
  • އިލޮށިފަތި
  • ހަރުގަނޑު

 

 

-          ތަކެއްޗަކީ ސާފުތާހިރު ތަކެތި ކަމުގައި ކަށަވަރުކުރުން

-          ސާޕުކުރަން ކުންފުނިން އަންނަ މީހުންގެ ވާރކް ޕާމިޓް އަދި ޙާޒިރީ ޝީޓް ބަލަހަށްޓައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

-          ޑިއުޓީ ތާވަލާއި ހާޒިރީ ވަކި ފޮތެއްގައި އަދާހަމަކޮށް ބެލެހެއްޓުން. އަދި ޚިދުމަތުގެ ބިލު ހުށަހަޅާއިރު ހާޒިރީގެ ކޮޕީއެއް ހުށަހެޅުން.

-          ބިދޭސީން މަސައްކަތްކުރާކަމުގައި ވަނީނަމަ، އެ ބިދޭސީންނަކީ ކޮންޓްރެކްޓަރުގެ ވަޒީފާގައި ތިބި، އަދި ސައްޙަ ވަރކް ޕަރމިޓެއް އޮތް ބަޔަކަށް ވުން. އަދި ކަމާބެހޭ ލިޔުންތައް މިއިދާރާއަށް ހުށަހެޅުން.

-          މަސައްކަތް ކާމިޔާބު ކުރާ ފަރާތުން ފޮޅާސާފުކުރުމަށް ފޮނުވޭ މުވައްޒަފުންގެ ފުރިހަމަ މައުލޫމާތު މި އިދާރާއަށް ހިއްސާ ކުރުން (އައިޑީކާޑު، ވާރކްޕާމިނޓް އަދި އެހެނިހެން ލިޔުންތައް)

 

  • ބީލަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތުން ގުޅުއްވާ ފޯނު ނަންބަރ: 3310898 / 3336767

 

21 ސެޕްޓެންބަރު 2020