ދިވެހިރާއްޖެ
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.
މަޤާމު: މެނޭޖަރ، ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯރޕަރޭޓް އެފެއާރޒް
ބޭނުންވާ އަދަދު: 01
ކުރިމަތިލުމުގެ ސުންގަޑި: 27 ސެޕްޓެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 16:00 އަށް
ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ތަކެތި: މި ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް މި ކޯޕަރޭޝަންގެ އީމެއިލް ([email protected]) އަށް ފޮނުވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހެޅެން ނެތްނަމަ، މި ކޯޕަރޭޝަންގެ މައި އޮފީސް (ފަހި ދިރިއުޅުން ކޯޕަރޭޝަން، މޯލްޑިވްސް ޕޯސްޓް ބިލްޑިންގ، 6 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު، 20026) އަށް ރަސްމީ ދުވަސްތަކުގެ 14:00 – 16:00 އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމު
- ސީވީ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
- ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 16:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 3313244 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.