ދިވެހިރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
މަޤާމް:ސެކްރެޓަރީ ޖެނެރަލް
އަދަދު: 01
މުސާރަ: -/20،500ރ
ލިވިންގް އެލަވަންސް:-/15،000ރ
ފޯނު އެލަވަންސް:-/700ރ
އިތުރު އިނާޔަތްތައް: މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
މަޤާމުގެ ޝަރުތު
- މާސްޓަރސް ޑިގްރީ ޙާޞިލް ކޮށްފައި ވުން. (މީޑިޔާ/ބްރޯޑްކާސްޓް ދާއިރާއިން މަތީ ތަޢުލީމް ޙާޞިލް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
- ހިންގުމުގެ ދާއިރާގައި މަދުވެގެން 05 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.
- ހިންގުމުގެ ދާއިރާގައި ސީނިއަރ މެނެޖްމެންޓް އާއި އެގްޒެކެޓިވް ލެވެލްގައި މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
- ޕްރޮފެޝަނަލް، އެޑްމިނިސްޓްރޭޓިވް އަދި ޓެކްނިކަލް މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
- ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތުގައި ގިނަ ވަގުތު ހޭދަ ކުރެވޭ މީހެއްކަމުގައި ވުން.
- ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި އެމީހެއްގެ އަމިއްލަ މަސްލަހަތެއް ނުހިމެނޭ މީހަކު ކަމުގައިވުން.
- މަޤާމަށް ޤާބިލް މީހެއްކަން ކޮމިޝަންގެ މެންބަރުންގެ އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޤާނޫނާއި ކޮމިޝަނުން ހަދާ ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަންގެ އިދާރާ ހިންގާ ބެލެހެއްޓުން.
- ކޮމިޝަނުން ހަދާ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަންގެ ޖަލްސާތަކުގެ އިދާރީ ކަންތައްތައް ހިންގާ ބެލެހެއްޓުން.
- ކޮމިޝަނަށް އެކަށައެޅިފައިވާ ބަޖެޓާއި އެއްގޮތްވާ ގޮތުގެ މަތިން، ކޮމިޝަނުގެ މަޤްޞަދު ޙާޞިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެކަށޭނަ މުވައްޒަފުން ހިމެނޭ އިދާރާއެއް ޤާއިމު ކުރުމުގައި ކޮމިޝަނަށް އެހީތެރިވުން.
- ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި މަޝްރޫޢުތައް އެކުލަވައި، އެކަށައަޅައި ހިންގުމުގައި ކޮމިޝަނަށް އެހީތެރިވެދިނުން.
- އިސްނެގުމާއި، އާ ގޮތްތަކާއި، އާ ޓެކްނޯލޮޖީއާއި ހުނަރަށް އިސްކަން ދީގެން މުވައްޒަފުންނަށް އެރޮނގުތަކުން ކުރިއެރުން ގެނެސް މަސައްކަތަށް އޭގެ އެދެވޭ ކުރިއެރުން ގެނައުން.
-
- ކޮމިޝަންގެ އިދާރީ ހިންގުމަށް ބޭނުންވާނެ ޤަވާޢިދުތައް ހެދުން.
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް: www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު ).
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެމަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
- ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތުން ކުރިން ވަޒީފާ އަދާކުރި ދާއިރާގެ އިސް މުވައްޒަފަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް. (ރިކޮމެންޑޭޝަން ލެޓަރ).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ / އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ސާފު ކޮޕީގެ އަސްލު).
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު
2020 އޮކްޓޫބަރު 05 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް
އިންޓަވިއު ކުރުން
މިމަގާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334333/ 3334317 ނަންބަރު ފޯނާއެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް: މައުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
04 ސަފަރު 1442
21 ސެޕްޓެންބަރު 2020
- ކޮމިޝަންގެ އިދާރީ ހިންގުމަށް ބޭނުންވާނެ ޤަވާޢިދުތައް ހެދުން.