މަސައްކަތް
ނަންބަރު: (IUL)340/340/2020/49
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 20:15
ސުންގަޑި: 27 ސެޕްޓެންބަރު 2020 14:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ކުޑަކުދިންގެ ޕާކު މަރާމާތުކުރުމާއި ކުޅޭތަކެތި އިންސްޓޯލްކޮށްދޭނެ ފަރާތެއްހޯދުން:

މި ރަށު ކުޑަކުދިންގެ ޕާކުގައި އިތުރު ކުޅޭތަކެތި އެތުރުމާއި ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ތިންވަނަ ފަހަރަށްކުރި ނަންބަރު: IUL)340/340/2020/43) އިޢުލާނާގުޅިގެން ބިޑްހުށަހެޅި ފަރާތްތަކުގެ ތެރޭން އިވެލުއޭޓްކުރުމުން އެންމެ މަތިން މާކްސްލިބިފައިވާ ފަރާތުން ހުށަހަޅާފައިވާ އަގު މި މަސައްކަތަށްކޮށްފައިވާ ބަޖެޓަށްވުރެ ބޮޑުކޮށް ހުށަހަޅާފައިވުމުން އެ ހުށަހެޅުންތައް ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ފުރުޞަތު ހުޅުވާލަމެވެ.

              މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2020 ސެޕްޓެންބަރު 17 އިން 2020 ސެޕްޓެންބަރު 27 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected]  އަށް އީމެއިލަށް ނުވަތަ 6660714 ނަންބަރު ފޯނާ ގުޅުއްވައިގެން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ރަޖިސްޓަރީކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑްޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ 56ރ (ފަންސާސްހަ ރުފިޔާ) ދެއްކުމުންނެވެ. އީމެއިލްމެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުށަހަޅާފަރާތްތަކުން ކުންފުނި  (ވިޔަފާރު/ޕާޓްނަރޝިޕް) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއެކު ހުށަހެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ.

            މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

            މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ މަތީގައިވާ މި ކައުންސިލްގެ މެއިލަށް 2020 ސެޕްޓެންބަރު 27 ވަނަ ދުވަހުގެ 14:00ގެ ކުރިން މެއިލްކުރެއްވުމުން އެ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

            މި މަސައްކަތުގެ ޕްރީބިޑް މީޓީންގ އޮންނާނީ 2020 ސެޕްޓެންބަރު 28 ވަނަ ދުވަހުގެ 11:30 ގައި މި އިދާރާގައެވެ. ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2020 އޮކްޓޫބަރު 04 ވަނަ ދުވަހުގެ 11:30 ގައި މި އިދާރާގައެވެ.

17 ސެޕްޓެންބަރު 2020