ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/2020/37
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 25 ސެޕްޓެންބަރު 2020 14:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންގެ ދަފްތަރު އެކުލަވާލުން

ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންގެ ދަފްތަރު އެކުލަވާލުން

 

                ހަނިމާދޫގައި ރައްވެހި ވެފައިވާ މީހުންގެ ތެރެއިން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންގެ ރަޖިސްޓްރީ އަލުން މުރާޖަޢާ ކުރުމަށްޓަކައި، ރަށުގައި ރައްވެހިވެފައިވާ މީހުންގެ ތެރެއިން ނުކުޅެދުން ތެރިކަމުގެ ސަބަބުން ޚާއްޞައެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންގެ މިދަންނަވާ މަޢޫލޫމާތު 2020 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް އެންގެވުން އެދެމެވެ.

  1. ފުރިހަމަ ނަމާއި އެޑްރެސް:
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:
  3. އުފަން ތާރީޚް:
  4. ނުކުޅެދުން ތެރިކަމުގެ ބާވަތް:
  5. ބަލަދު ވެރިޔާ / ބަލަމުން ގެންދާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް:
  6. ދިރިއުޅޭ ގޭގެ ނަން:
  7. ގުޅޭނެ ފޯނުނަންބަރު:

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

16 ސެޕްޓެންބަރު 2020