ވަޒީފާގެ ފުރުޞަތު
ނަންބަރު: O4MC/2020/02
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 24 ސެޕްޓެންބަރު 2020 14:00
ހައްދުންމަތީ މުންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު ކޮންޓްރެކްޓް (އެޑްމިނިސްޓްރޭޓިވް އޮފިސަރ)

c

 

ހައްދުންމަތީ މުންޑޫ މެޖިސްޓްރޭޓް ކޯޓް                     L.MUNDOO MAGISTRATE COURT                                                    މުންޑޫ                          MUNDOO                                                                              ދިވެހިރާއްޖެ                          REP OF MALDIVES                                                         

                                                   ނަންބަރު: O4MC/2020/02

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މިކޯޓަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)  

ބޭނުންވާ ޢަދަދު: 01

ކްލެސިފިކޭޝަން އަދި ރޭންކް:

އޮފިސަރ ގްރޭޑް 1  ( ޖީ.އެސް 3 )

މުއްދަތު : 6 މަސް ދުވަސް

މުސާރަ :

މަހަކު -/4465 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން:

ހައްދުންމަތީ މުންޑޫ މެޖިސްޓްރޭޓް ކޯޓް

އެލަވަންސް:

-         ސާރވިސް އެލަވަންސް:  މަހަކު -/1500 ރުފިޔާ

-       ލިވިންގް އެލަވަންސް:  މަހަކު -/2550 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު:

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ

  1. މަޤާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން
  • މިމަޤާމަށް މީހަކު ހޮވުމުގައި އައިޓީގެ ރޮނގުން ތަޖުރިބާ ލިބިފައިވާ، މަސައްކަތާއިގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެ

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޝަރީޢަތް ހިންގުމަށާއި ކޯޓްގެ އެހެން ބޭނުންތަކަށް ހާޒިރު ކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން
  • ކޯޓުން ނެރެންޖެހޭ އެންމެހާ އަމުރުތައް ތައްޔާރުކޮށް، ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން
  • ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާ ވަގުތުތަކުގައްޔާއި އެނޫން ވަގުތުތަކުގައިވެސް މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ހަވާލުކުރާ މަސައްކަތްތައްކުރުން
  • ޝަރީޢަތްތަކުގައި ނެގޭ ބަޔާންތައް ޓައިޕްކޮށް، އެބަޔާންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތައް ލައްވައި ސޮއިކުރުވާ އިނގިލީގެ ނިޝާން ޖެއްސުވުން
  • ނިމޭ ޤަޟިއްޔާތަކުގެ ޤަޟިއްޔާ ނިމުނުގޮތުގެ ޚްލާސާ ރިޕޯޓާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޓައިޕްކޮށް ތައްޔާރުކުރުން
  • ކޯޓުން ބާއްވަން ކަނޑައަޅާ މައްސަލަތަކާބެހޭ މައުލޫމާތު ހަފްތާ ޝީޓަށް ނަގައި އެމައުލޫމާތު އާއްމުކުރުމަށްޓަކާ ކޯޓްގެ ނޯޓިސްބޯޑުގައި ހަރުކުރުން
  • ކޯޓްގެ ތަފާސްހިސާބާއި އެހެނިހެން ރިޕޯޓްތަކަށް ކޯޓުން ފޮނުވަންޖެހޭ މައުލޫމާތު ތައްޔާރުކޮށް ކޯޓްގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
  • ޝަރީޢަތުގެ މަޖިލީހުގައި ނެގޭ ބަޔާންތަކާއި މައްސަލައާ ގުޅިގެން ކޯޓަށްލިބޭ ލިޔެކިޔުންތައް މެޖިސްޓްރޭޓްގެ އިރުޝާދުގެ ދަށުން ފައިލްކޮށް ބެލެހެއްޓުން
  • އަދި މީގެ އިތުރުން މެޖިސްޓްރޭޓް ހަވާލުކުރާ ކޯޓްގެ ރަސްމީ މަސައްކަތްތައްކުރުން

 

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން

 ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއްއަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ

 

  • އިތުރު ގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށްއެދި ހުށަހަޅާ ފޯމް ( ވަޒީފާއަށްއެދި ހުށަހަޅާ ފޯމް، މިކޯޓުން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމުގެ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  • ވަޒީފާއެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްޢޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭފަދަ ރަސްމީ ލިޔުމެއް (އަދާކުރި ވަޒީފާގެ ރޭންކަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މިލިޔުމުގައި އެނގެން އޮންނަންވާނެއެވެ.)
  • އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ

 

ސުންގަޑި:

24 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 14:00

އިތުރު މަޢުލޫމާތު:

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން މިކޯޓުން ވަޒީފާއަށްއެދޭ ފޯމް ނަންގަވައި ފުރިހަމަކުރެއްވުމަށްފަހު ލިބިވަޑައިގަންނަވާފައިވާ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީއާއި އައިޑީކާޑުގެ ފޮޓޯކޮޕީއާއިއެކު ހުށަހެޅުއްވުންއެދެން

މިސެޓްފިކެޓްތަކަކީ އެކްރެޑިޓް ކުރެވިފައިވާ އަސްލާއި އެއްގޮތް ކޮޕީއަކަށް ވާންވާނެއެވެ.

  • އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް
  • އިތުރު މައުލޫމާތު 6800094 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެ.

 

                   28 މުޙައްރަމް 1442

                    16 ސެޕްޓެމްބަރ 2020  

 

 

 

                                              

 

16 ސެޕްޓެންބަރު 2020