ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2020/55
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 09:14
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިދޯނިފަހަރު ރަޖިސްޓަރީ ކުރުމުގެ ޙަރަކާތާއި ގުޅޭ

އިޢުލާން

އޮޑިދޯނިފަހަރު ރަޖިސްޓަރީ ކުރުމުގެ ޙަރަކާތާއި ގުޅޭ

މިކައުންސިލާއި ރ.އަތޮޅު ކައުންސިލް އަދި މަޑުއްވަރީ ޕޮލިސް ސްޓޭޝަން ގުޅިގެން ރަށުގައި ރަޖިސްޓަރީ ނުކޮށްހުރި ކަނޑު އުޅަނދުފަހަރު ރަޖިސްޓަރީ ކޮށްދިނުމަށް އެހީތެރިވެ ދިނުމުގެ ގޮތުން އިވެންޓެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި އިވެންޓް ކުރިއަށްދާނީ 2020 ސެޕްޓެންބަރު 16 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 16:00 އަށް މަޑުއްވަރީ ކައުންސިލް އިދާރާގައެވެ. މިއިވެންޓުގައި، ރަޖިސްޓަރީ ކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމާއި، ފޯމުތައް ފުރައިދިނުމާއި، ފައިސާ ބަލައިގަތުމާއި، އޮޑީ ނަންބަރު ދޫކުރުމުގެ މަރުހަލާތައް ފުރިހަމަ ކޮށްދިނުމަށްވަނީ ރޭވިފައެވެ. އެހެންކަމުން، ރަޖިސްޓަރީ ނުކޮށްހުރި ކަނޑު އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކުން، އުޅަނދުގެ މާވަޑިޔާ ސެޓްފިކެޓް ހެދުމަށް ކުރަންހުރި މަސައްކަތްތައް މިހާރުން ފެށިގެން ކުރިއަށް ގެންދަވައި، ފޯމު ފުރުމުގެ މަރުހަލާއަށް ވަޑައިގެންނެވުމުގެ ކުރިން މާވަޑިޔާ ސެޓްފިކެޓް ނިންމެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

14 ސެޕްޓެންބަރު 2020