ދިވެހިރާއްޖެ
އިޢުލާން
"ޤައުމީ ޒުވާނުންގެ ދުވަސް" 2020
މި އަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ކަމަށްވާ 22 އޮކްޓޯބަރ 2020 ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށްޓަކައި މިނިސްޓްރީއާއި އެހެނިހެން ފަރާތްތައް ގުޅިގެން ތަފާތު އެކި ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ. އެގޮތުން "މޯލްޑިވްސް ޔޫތު ކޭމްޕް 2020" ގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ޒުވާނުންނަށް ހުޅުވާލެވިގެން ކޭމްޕެއް (ވާޗުއަލް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕްގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ޒުވާނުން ބާރުވެރިކުރުމާއި، ޒުވާނުންނާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ޒުވާނުންގެ އިސްނެގުމާއި، ބައިވެރިވުން އިތުރުކުރުމެވެ. އެގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޭމްޕްގެ ޝިޢާރަކީ " ޔޫތު، ޕީސް އެންޑް ސެކިއުރިޓީ" އެވެ. އަދި މިކޭމްޕް ނިންމުމުގެ ގޮތުން "މޯލްޑިވްސް ޔޫތު ކޭމްޕް 2020" ގެ ޤަރާރެއް އެކުލަވައިލެވި އެ ޤަރާރު ސަރުކާރާއި ޙިއްސާކުރެވޭނެއެވެ.
ވީމާ މިކޭމްޕްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ބޭފުޅުން ގޫގްލް ފޯމް ލިންކް: https://forms.gle/v4T1NRFr5nx6voFB9 މެދުވެރިކޮށް ބައިވެރިވުމުގެ ފުރުޞަތު 13 އޮކްޓޯބަރ 2020 ގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.