ދިވެހިރާއްޖެ
ފިއުލް ސަޕްލައިސް މޯލްޑިވްސްގެ "ލައްޓި" ލާންޗުގެ މަރާމާތުގެ ބައެއް މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިއުލާނު FSM-ADV/2020/024 އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: 16 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެއިލްގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
- ކުންފުނީގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ކުންފުނި ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.
- ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ، 24 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.
(އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ހަމައްޖަސާފައިމިވަނީ، ކޮވިޑް-19 ގެ މިޙާލަތުގައި ގިނަ ފަރާތްތަކަކުން އެއްތަނަކަށް ޖަމާވެ ބައްދަލުވުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ނުވާތީއެވެ)
މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.