ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1 މި ސްކޫލުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އިންކުލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓަށް ބޭނުންވާ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ: GS72/IUL/2020/15 އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން ބީލަން ހުށައަޅުއްވާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް މި ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.
2 މި ސްކޫލުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އިންކުލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓަށް ބޭނުންވާ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
3 މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ސެޕްޓެންބަރ 15 އިން ސެޕްޓެންބަރ 21 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 13:00 އަށް މިސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
4 މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ސެޕްޓެންބަރ 22 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ސެޕްޓެންބަރ 28 ވަނަ ދުވަހުގެ 13:00 ގައި ޢަފީފުއްދީނު ސްކޫލުގައެވެ.
6 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢަފީފުއްދީންސްކޫލު
ކުޅުދުއްފުށި / ދިވެހިރާއްޖެ
ފޯން: 6528041
އީ-މެއިލް: [email protected]
26 މުޙައްރަމް 1442
14 ސެޕްޓެންބަރ 2020