ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD /IU/2020/180
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 16 ސެޕްޓެންބަރު 2020 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ޓްރޭޑިންގް ޑިވިޜަނަށް ބޭނުންވާ މަގާމުތައް

މަޤާމް:

އެޕްރެންޓިސްޝިޕް- މެރިން މެކޭނިކް ޓްރެއިނީ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު  

މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ގަޑިތައް:        

  • އާދީއްތަ- ބުރާސްފަތި – 17:00 - 14:00
  • ހޮނިހިރު- 17:00 – 09:00

މަސައްކަތް ކުރަމްޖެހޭ ތަން:

  • އާފްޓަރ ސޭލްސް ސަރވިސް ޔުނިޓް- ވިލިނގިލި ޓާމިނަލް

ޝަރުޠު                 

  • އުމުރުން 18 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން.
  • ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  •  މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.
  • މަގާމަށް ކެންޑިޑޭޓުން ހޮވުމުގައި މިދާއިރާއިން ތަޢުލީމް ޙާސިލް ކުރަމުންދާ ފަރާތްތަކަށް އިސްކަން ދެވޭނެ.

އެލަވަންސް

  • މަހަކު -/2500ރ

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 17 ސެޕްޓެމްބަރ 2020 ން 24 ސެޕްޓެމްބަރ 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 16 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 15:00 އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހެޅޭނި ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001120 / 3001149 

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

13 ސެޕްޓެމްބަރ 2020

 

13 ސެޕްޓެންބަރު 2020