ދިވެހިރާއްޖެ
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
މާލެ،
ދިވެހިރާއްޖެ.
ނަމްބަރު:1252 IAS/MIS/2020-
ޢިއުލާން
މިކުންފުނީގައި ބައު ދަގަނޑުގެ ގޮތުގައި ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ވީމާ، މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އެއަރޕޯޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ހަމަ އެދުވަހުގެ ހެނދުނު11:00ގައި ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތުވާކަމުގައި ދަންނަވަމެވެ.
މިނީލަމަކީ އެއަރޕޯރޓްގައި އޮންނަ ނީލަމަކަށްވާތީ، ވަގުތީ ފާސްހެދުމަށް ނީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން އައި.ޑީ.ކާޑުގެ ކޮޕީ އެއް 16 ސެޕްޓެމްބަރ 2020ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން އައިލެންޑް އޭވިއޭޝަން މައި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
މިކަމާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ދުވަސްތަކުގެ 08:00 - 2:00އާއި ދެމެދު 3335566އާއި ގުޅުއްވުން އެދެމެވެ.
25 މުޙައްރަމް 1442
13 ސެޕްޓެމްބަރ 2020