ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)263/263/2020/58
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 16:48
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަނދަރު ބޭނުން ކުރުމާއި ގުޅޭ
ބަނދަރު ބޭނުން ކުރާއިރު ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ، ނެއްލައިދޫ ބަނދަރު ބޮޑުކުމުގެ މަސައްކަތް ނިމުމާހަމަޔަށް މިދަންނަވާ ގޮތައް އަމަލު ކުރުމަށް ނެއްލައިދޫގެ ބަނދަރު ބޭނުން ކުރާ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.
- ބަނދަރުގެ އެއްވެސް ސިޑިއެއް ބޭނުން ނުކުރެވޭގޮތައް އެއްވެސް އުޅަނދެއް އަޅާފައި ބާއްވައިގެން ނުވާނެއެވެ.
- މުދާ އަރުވާ ބޭލުމަށް ޚާއްސަ ކުރެވިފައިވާ ސަރަޚައްދަކީ ބަނދަރު އުތުރު ސިޑިން ފެށިގެން އުތުރަށްވާ ސަރަޚައްދެވެ.
- މުދާ އަރުވާ ބޭލުމަށް ޙާއްސަ ކުރެވިފައިވާ ސަރަޚައްދުގައި 12 ގަޑި އިރަށްވުރެ އިތުރަށް އޮންނަ ކޮންމެ 12 ގަޑި އިރަކަށް 200 ރުފިޔާ ނެގޭނެއެވެ.
- މުދާ ބޭލުމަށް ޚާއްސަ ކުރެވިފައިވާ ސަރަޚައްދަށް މުދާބާލާ ނިމުމުން އެ ސަރަޚައްދުން އުޅަނދު ނަގަންވާނެއެވެ.
- ބަނދަރުގައި ބަހައްޓާ މުދާ 48 ގަޑިއިރު ތެރޭ ބަނދަރު ގެންދަން ވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.
13 ސެޕްޓެންބަރު 2020