ޢާންމު މަޢުލޫމާތު
ނަންބަރު: 22-EDF/22/2020/70
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 24 ސެޕްޓެންބަރު 2020 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުވެހިން ހުސްވެފައިވާ 3 ފްލެޓަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާބެހޭ

އިޢުލާން

އެދުރުވެހިން ހުސްވެފައިވާ 3 ފްލެޓަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލި މި މިނިސްޓްރީގެ ނަންބަރު IUL)22-EDF/22/2020/62) (26 އޮގަސްޓް 2020) އިޢުލާނާ ގުޅިގެން ހުށަހަޅާ ފޯމާއެކު ހުންނަންޖެހޭ ލިޔުންތަކުގެ ތެރެއިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ އާއި، ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ހޯދަވަންޖެހޭ ލިޔުންތައް ފޯމާއެކު ހުށަހަޅުއްވަން ނުޖެހޭގޮތަށް ހަމަޖައްސައި، އެ ލިޔުންތައް އެ ދެ މުވައްސަސާ އިން ހޯދާނީ މި މިނިސްޓްރީ އިން ކަމުގައި ހަމަޖައްސައިފީމެވެ.

މިގޮތަށް ހަމަޖައްސަންޖެހުނީ ފޯމް ހުށަހަޅުއްވާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމުގެ ގޮތުންނާއި، ރަސްމީ ލިޔުންތައް ދޫކުރައްވާ މިދެންނެވި ދެ މުވައްސަސާ އިންވެސް އެގޮތަށް އެދިވަޑައިގެންފައިވާތީ ކަމާއި، ފޯމް ހުށަހަޅުއްވާ ފަރާތުގެ އަމިއްލަ ގޯއްޗެއް، ގޯއްޗަކުން ބައެއް ނުވަތަ ފްލެޓެއް މާލެ، ވިލިނގިލި އަދި ހުޅުމާލެއިން ލިބިފައި ނެތްކަން އަންގައިދިނުމަށާއި، ފޯމް ހުށަހަޅާ ފަރާތުގެ ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް އަދި މައިންބަފައިންގެ ގޯއްޗެއް/ ގޯއްޗަކުން ބައެއް ނުވަތަ ފްލެޓެއް މާލެ، ވިލިނގިލި އަދި ހުޅުމާލެއިން ލިބިފައި ނެތްކަން އަންގައިދޭ މާލޭ ސިޓީ ކައުންސިލް އިން ދޫކުރައްވާ ލިޔުމުގެ އަސްލު ފޯމާއެކު ހުށަހަޅުއްވަމުން ގެންދެވުމަށް ދަންނަވަމެވެ.

ކޮވިޑް-19 ގެ އައު އާންމު ހާލަތުގައި އީމެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުގެ ފުރުސަތު ދިނުމަށް އެދިވަޑައިގަންނަވަމުން ގެންދަވާތީ، އެގޮތަށް ފޯމް ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ހުށަހަޅުއްވާ ފޯމާއި ފޯމާއެކު ހުންނަންޖެހޭ ލިޔުންތައް ޕީޑީއެފް ފޯމެޓްގައި މިނިސްޓްރީ ގެ އީމެއިލް [email protected] އަށް 2020 ސެޕްޓެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވުމުން، އެ ލިޔުންތައް ހަމަޔަށް ލިބުނުކަން އަންގައިދިނުމަށް މެއިލް މެދުވެރިކޮށް ކަށަވަރުކޮށްދޭގޮތަށް ހަމަޖައްސައިފީމެވެ. މިގޮތަށް ހަމަޖެއްސި ކަމުގައިވިޔަސް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުގެ އިދާރާ/ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 9 ވަނަ ފަންގިފިލާ ގެ ކައުންޓަރަށް ވަޑައިގެން ފޯމް ހުށަހެޅުއްވުމުގެ ފުރުސަތު އޮތްވާހަކަވެސް ދަންނަވަމެވެ.

ފޯމް ހުށަހެޅުމާގުޅޭ އިތުރު މައުލޫމާތު 3341232، 3341195 ފޯނުން އަދި އީމެއިލް [email protected] މެދުވެރިކޮށް ހޯއްދެވުން އެދެމެވެ.

13 ސެޕްޓެންބަރު 2020