ދިވެހިރާއްޖެ
މި އިޢުލާންވަނީ 08 އޮކްޓޫބަރު 2020 13:32 ގައި ބާތިލް ކުރެވިފައެވެ.
އިންކުލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓުގެ ކުލާސްރޫމް ޢިމާރާތްކުރުން
1 މި ސްކޫލުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އިންކުލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓްގެކުލާސްރޫމް ޢިމާރާތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ސެޕްޓެންބަރ 14 އިން ސެޕްޓެންބަރ 20 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 13:00 އަށް މިސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ސެޕްޓެންބަރ 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 އޮކްޓޫބަރ 4 ވަނަ ދުވަހުގެ 13:00 ގައި ޢަފީފުއްދީނު ސްކޫލުގައެވެ.
5 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢަފީފުއްދީންސްކޫލު
ކުޅުދުއްފުށި / ދިވެހިރާއްޖެ
ފޯން: 6528041
އީ-މެއިލް: [email protected]
25 މުޙައްރަމް 1442
13 ސެޕްޓެންބަރ 2020