ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 182-MTG/2020/13
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 30 ސެޕްޓެންބަރު 2020 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެ އިމްޕޯޓުކޮށް ވިއްކާ އަދި ބޭނުންކުރާ މެޑިކަލް ޑިވައިސް ރެގިއުލޭޓުކުރުމާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ                                 

  މިނިސްޓްރީ އޮފް ހެލްތް

    މާލެ، ދިވެހިރާއްޖެ

އިޢުލާން

 

    ރާއްޖެ އިމްޕޯޓުކޮށް ވިއްކާ އަދި ބޭނުންކުރާ މެޑިކަލް ޑިވައިސް ރެގިއުލޭޓް ކުރުމަކީ މިއޮޮތޯރިޓީގެ މެންޑޭޓްގައި ހިމެނޭ ކަމެކެވެ.

    އެހެން ކަމުން މިހާރު ރާއްޖެއަށް އިމްޕޯޓު ކުރާ މެޑިކަލް ކޮންސިއުމަބަލްސް (އެންމެ ދަށުގިންތީގެ މެޑިކަލް ޑިވައިސް) ލިސްޓް އަޕްޑޭޓްކޮށް މިހާރު ވަނީ މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓު(www.health.gov.mv)  އަށް އަޕްލޯޑް ކުރެވިފައެވެ. އަދި މިލިސްޓްގައި ހިމެނޭ މެޑިކަލް ކޮންސިއުމަބަލްސް ރާއްޖެއަށް އެތެރެ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2021 ގެ މާރިޗުމަހުގެ ކުރިން މިއޮތޯރިޓީގައި ރަޖިސްޓްރީ ކުރުމަށް އަންގަމެވެ. އަދި މިތާރީޚުން ފެށިގެން މިލިސްޓްގައި ހިމެނޭ މެޑިކަލް ކޮންސިއުމަބަލްސް ރަޖިސްޓްރީ ނުކޮށް އެތެރެކޮށް ވިއްކުމަކީ މަނާކަމެކެވެ. 

   މެޑިކަލްކޮންސިއުމަބަލްސް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯރމް ހެލްތް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.  

        ( Medical Device and Medical Consumables Registration Form )

 

    މިކަމާބެހޭ މައުލޫމާތު މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އިން ލިބިވަޑައިގަންނަވާނެ އެވެ.

 

           22 މުޙައްރަމް 1422ހ.

10 ސެޕްޓެންބަރު 2020