ދިވެހިރާއްޖެ
އިޢުލާން
އައިސްޕްލާންޓް ހެދުމަށް ބިންދޫކުރުމާއި ބެހޭ
މިރަށުގެ ދެކުނުކޮޅުން މަސްކެއްކުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދުން އައިސްޕްލާންޓެއް ޤާއިމްކުރުމަށް 2000.00 އަކަފޫޓްގެ ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މިދެންނެވި ސަރަހައްދުގައި އައިސްޕްލާންޓެއް ޤާއިމްކުރުމަށް ޝައުގުވެރިވެލައްވާފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ވަގުތު |
ދުވަސް |
ތާރީހް |
|
11.00 |
ބުރާސްފަތި |
17 ސެޕްޓެމްބަރ 2020 |
މައުލޫމާތު ސާފުކުރުން |
11.00 |
ބުރާސްފަތި |
24 ސެޕްޓެމްބަރ 2020 |
އަންދާސީހިސާބު ހުށަހެޅުން |
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
- ސީ،އެސް،އާރުގެ ދަށުން ހުށަހަޅާކަންކަމަށް %50
- ބިމުގެ ކުއްޔަށް %20
- ހުށަހަޅާ ހުށަހެޅުމަށް %20
- ތަޖުރިބާއަށް
ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިއުމެއް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފު ކުރެއްވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިގަނެވެން ނެތްވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
10 ސެޕްޓެމްބަރ 2020