ދިވެހިރާއްޖެ
މިރަށުގެ ބައެއް މަގުތަކަށާއި ކައުންސިލްގެ ހުސްބިތަކަށް އަދި ޓްރެކްބިމަށް އަރާފައިވާ ރުއްގަސް ކަނޑާ އެބިންތައް ސާފުކުރަން ބޭނުން ވެއްޖެއެވެ.
ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 23 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.
މަޢުލޫމާތު ސާފު ކުރެއްވުމަށާއި އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭގޮތަށް ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ކުރައްވަނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުންނަމަ، އެތަނަކުން/ނުވަތަ އެފަރާތަކުން ފޮނުއްވި މީހެއްކަން އެނގޭގޮތަށް އެތަނެއްގެ ރަސްމީ ސިޓީއަކާއި، ލިބިފައިވާ ހުއްދަތަކުގެ ކޮޕީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް " މަގުތަކާއި ކައުސިލްގެ ބިންތަކަށް އަރައިގެން ކަނޑަށްޖެހޭ ރުއްގަސް ކެނޑުމުގެ " އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.