ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/2020/34
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:59
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރުމާއި ބެހޭ

ގޯތި ދޫކުރުމާއި ބެހޭ

           ހަނިމާދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫނުކުރާތާ 8 އަހަރަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައި ވަނިކޮށް މިހާރު އުފެދިފައިވާ ކައުންސިލްގެ 3 ވަނަ ދައުރުގައި، 2018 ވަނަ އަހަރުން ފެށިގެން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ކައުންސިލުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްކޮށް ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖްރާތުތަކެއް ފުރިހަމައަށް ހިމަނާ ގޯތިދޫކުރުމުގެ ހުއްދައަށްއެދި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އަށް ފޮނުވާ އަދި ގޯތި ދޫކުރުމުގެ ހުއްދަ ކުރީގެ ސަރުކާރުން މިކައުންސިލަށް ދިނުމުން އެކަމަށް އިޢުލާން ކުރެވި ފޯމު ހުށަހަޅާނިމި ގޯތި ދޫކުރުމާއި ގާތްވެފައިވަނިކޮށް އެކަން މިކައުންސިލުންނަގާ، ކުންފުންޏަކާއި މަތިކޮށް އެކުންފުނިން އެމަސައްކަތްކޮށް ނިމުމުގެ ކުރިން ނުވަތަ ގޯތި ދޫކުރުމުގެ ކުރިން، ކުރީގެ ސަރުކާރު ބަދަލުވެ މިސަރުކާރުގައިވެސް ގޯތި ދޫކޮށްދިނުން އެދި ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފޮނުވާފައި ވީނަމަވެސް، މިއަދާއި ހަމައަށްވެސް ގޯތި ދޫކުރުމުގެ ހުއްދަ ދެއްވާފައިނެތިއޮއްވާ ދާދިފަހަކުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އޮނަރަބަލް މުޙައްމަދު އަސްލަމް ލައިވް ނޫސް ކޮންފަރެންސެއްގައި ވިދާޅުވެފައިވާ ގޯތި ދޫކުރުން ހަމަޖައްސާފައިވާ ރައްތަކުގެ ލިސްޓްގައި ހަނިމާދޫ ހިމެނިފައިވުން ފިޔަވާ އަދާއި ހަމައަށްވެސް އިތުރު އެއްވެސް ހުއްދައެއް ގޯތި ދޫކުރުމާއި ގުޅޭގޮތުން ދެއްފާއިނެތި، ރަށުގެ ބަޔަކު ވިދާޅުވަމުން ގެންދަނީ މިކައުންސިލުން ގޯތި ދޫނުކުރަން އުޅެނީކަމަށެވެ. އެއީ ހަޤީގަތާއި ޚިލާފު ދޮގުވާހަކައެއް  ކަމުގައި މިދަންނަވަނީ މިކައުންސިލުން ގޯތި ދޫކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމާ 2018 ވަނަ އަހަރުން ފެށިގެން ގޯތި ދޫކުރުމުގެ މަސައްކަތް ފުރިހަމަކޮށްފައި ވާނެކަން އެފަދަ ހުރިހާ ފަރާތްތަކަށް ސާފުކޮށްދިނުމަށާއި، މިފަދަ ހަޤީގަތާއި ޚިލާފު ދޮގުވާހަކަތައް ފަތުރަމުން ނުގެންދިއުމަށް ހުރިހާ ފަރާތްތަކަށް މި ކައުންސިލުން އިލްތިމާސްކުރަމެވެ.

10 ސެޕްޓެންބަރު 2020