ކުއްޔަށް ދިނުން
ނަންބަރު: (IUL)267/267/2020/32
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 12:57
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުމުންދޫ ބަނދަރު ޞަރަޙައްދުން ވަގުތީގޮތުން ގުދަންކުރުމަށް ބިންދޫކުރުން

   ނަންބަރު:(IUL)267/267/2020/32

 

 

އިޢުލާން

 

ކުމުންދޫ ބަނދަރު ޞަރަޙައްދުން ވަގުތީގޮތުން ގުދަންކުރުމަށް ބިންދޫކުރުން

 

                މިރަށު ބަނދަރު ޞަރަޙައްދުން ވަގުތީ ގޮތުން ކުއްޔަށް ގުދަންކުރުމަށް 6 މަސްދުވަހުގެ މުއްދަތައް ބިންދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. ބިންދޫކުރެވޭނީ މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މިގޮތުން ކޮންމެ ވިޔަފާރިއަކަށް ގިނަވެގެން ދޫކުރެވޭނީ 1500 އަކަފޫޓްގެ ބިމެވެ. ކުއްޔަށް ބިންދޫކުރެވޭނީ އަކަފޫޓަކަށް 0.60 (ފަސްދޮޅަސްލާރީ) އަށެވެ.

                ވީމާ، މިރަށު ބަނދަރު ޞަރަޙައްދުން ވަގުތީ ގޮތުން ކުއްޔަށް ގުދަންކުރުމަށް 6 މަސްދުވަހުގެ މުއްދަތައް ބިންކުއްޔަށް ނަގަންބޭނުންވާ ފަރާތްތަކުން ސިޓީއަކުން މިކައުންސިލަށް ހުށައެޅުއްވުންއެދެމެވެ. ސިޓީއާއިއެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީ ހުށައެޅުއްވުންއެދެމެވެ.

 

                         22 މުޙައްރަމް    1442  

                         10 ސެޕްޓެމްބަރ  2020

09 ޖުލައި 2020