ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/1/2020/142
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 17 ސެޕްޓެންބަރު 2020 12:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

 

މި މިނިސްޓްރީގެ ތިރީގައި މިވާ މަޤާމްތަކަށް އިޢުލާން ކުރަމެވެ.   

01. މަގާމް

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަމްބަރު:

J-321747

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 2  

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2     

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލީގަލް ވެހިކަލް ރެޖިސްޓްރޭޝަން ޔުނިޓް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލެވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/900 ރުފިޔާ

2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35

3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. އެދުވަހަކަށް ސުންގަޑި ދީފައިވާ ލިޔެކިޔުންތައް، ބެކް އޮފީހުން ފުރިހަމަކުރުމުން، ޕީ-އާރް ކައުންޓަރާއި ޤަވާއިދުން ޙަވާލުކުރުން

2. ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ އާލާތްތަކެއް މަސައްކަތްކުރާކަން ޔަޤީންކުރުން، އަދި އެއްވެސް މައްސަލައެއް ފާހަގަކުރެވޭނަމަ، އެޑްމިން ސެކްޝަނާއި، އައި.ޓީ ސެކްޝަން އަދި ޕާރމަނަންޓް ސެކްރެޓަރީގެ ސަމާލުކަމަށް ގެނައުން.

3. ބިޒްނަސް ސަރވިސް އެޖެންޓުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރަން ހަމަޖެހިފައިވާ އިޖުރާއަތާއި އެއްގޮތަށް މަސައްކަތްތައް ހަވާލްކޮށް އަދި ސަރވިސް ބެންޗްމާރކާއި އެއްގޮތަށް ޚިދުމަތް ފޯރުކޮށްދިނުން.

4. ރަޖިސްޓަރީކުރަން އެދޭ 4 ބާވަތުގެ ލީގަލް ވެހިކަލް އެޕްރޫވްކުރުމުގެ މަސައްކަތްކުރުން

5. ޒަމާނީ ޚިދުމަތްތަކެއް ދިނުމަށްޓަކައި، ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ޚިދުމަތްތައް ފާހަގަކޮށް އައި.ޓީ ޓީމާއެކު މިޚިދުމަތްތައް ޑިޒައިންކޮށް އިމްޕްލިމެންޓްކުރުމުގައި ޚަރަކާތްތެރިވުން.

6. މީޓިންގތަކުގައި ބައިވެރިވެ، ބައްދަލުވުންތަކުގެ މަޢުލޫމާތު ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއާ ޙިއްޞާކުރުން

7. ހަފްތާ ނިމުމުން، ޚިދުމަތް ދެވުނު ފަރާތްތަކުގެ ޖުމްލަ ޢަދަދު އެނގޭނެ ގޮތަށް ތަފާސް ހިސާބު ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް އީމެއިލް މެދުވެރިކޮށް ފޮނުވުން.

8. ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތައް ސްޓާފް މީޓިންގްގައި ހުށަހެޅުން.

9. ވީކްލީ ސެކްޝަން ހެޑް މީޓިންގގައި މަސައްކަތް ރާވާފައިވާ ގޮތުގެ ތަފްޞީލު ހުށަހެޅުން

10. ކައުންޓަރ މުވައްޒަފުންގެ ހާޒިރީއާ ގުޅިގެން ހިއުމަން ރިސޯސް ޑިޕާޓްމަންޓާ ޙިއްޞާކުރަންޖެހޭ މަޢުލޫމާތު ގަވައިދުން ފޮނުވުން

11. އެނުއަލް ޓާގެޓްސްގެ ތެރެއިން، ފުރިހަމަކުރެވިފައިވާ މަސައްކަތްތަކުގެ އަޕްޑޭޓް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއާ ޙިއްޞާކުރުން

12. އެއަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ޚުލާސާ ރިޕޯޓު ތައްޔާރުކޮށް، 31 ޑިސެމްބަރގައި، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއާ ޙިއްޞާކުރުން

13. ކުރިއަށް އޮތް އަހަރުގެ ޓާގެޓްތައް 31 ޖުލައިގެ ކުރިން ތައްޔާރުކޮށް، ބަޖެޓް ޕްލޭނާއިއެކު ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއާ ޙިއްޞާކުރުން

މަޤާމުގެ ޝަރުޠުތައް:

 

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ޙާސިލް ކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން

- ވަޒީފާއާއި ގުޅޭ ދާއިރާ "އެޑްމިނިސްޓްރޭޓިވް / މެނޭޖްމަންޓް" އިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލްކަން ކަށަވަރު ކުރުމަށް އިމްތިހާން އަދި އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

މަ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ސެޕްޓެމަބަރ 2020 ވާ ބްރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް (11 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] އަށް އީ-މެއިލް ކުރުން އެދެމެވެ. އަދި އީ-މެއިލްއިން ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހެޅޭނެ ފަރާތްތަކުން އީ-މެއިލްގެ ޒަރީއާއިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނީ ، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރިވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  9603323668+ އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

09 ސެޕްޓެންބަރު 2020