ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-6B/426/2020/270
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 28 ސެޕްޓެންބަރު 2020 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ ހުޅުދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އާންމުކުރުން

އިޢުލާން 

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު  (IUL)426-AB/426/2019/255 (25 ޖުލައި 2019) އަދި  (IUL)426-AB/426/2019/306 (29 އޮގަސްޓް 2019) އިޢުލާންތަކާއި ގުޅިގެން ހުޅުދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އާންމުކުރުމަށް، 03 ސެޕްޓެންބަރު 2020 ވަނަ ދުވަހު ބޭއްވި އައްޑޫސިޓީ ކައުންސިލްގެ 2020 ވަނަ އަހަރުގެ 21 ވަނަ ޖަލްސާގައި، ނަންބަރު 426-BR(3)/2020/87 ނިންމުމުން ނިންމަވާފައިވާތީ، މި ލިސްޓު އާންމުކުރީމެވެ.

ވީމާ، މި ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތެއްވާނަމަ، "ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަކުރުމަށްފަހު، 28 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކުރިން މި އިދާރާގެ ހުޅުދޫ އަވަށު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.  ތިރީގައި މި ދަންނަވާ އީމެއިލްގެ ޒަރީޢާއިން ހުށަހަޅުއްވާ ފޯމުތައްވެސް ބަލައިގަނެވޭނެއެވެ.

އިސްވެދެންނެވުނު ފޯމު މި އިދާރާގެ ވެބްސައިޓުން(www.adducity.gov.mv)  އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި ހުޅުދޫ އަވަށު އޮފީހުން ލިބެން ހުންނާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

 

21  މުޙައްރަމް  1442

09 ސެޕްޓެންބަރު 2020