ނޫސްބަޔާން
ނަންބަރު: PR/SDFC/2020/07
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:19
އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން އެސްޑީއެފްސީއިން ދޫކުރެވިފައިވާ ލޯނުތަކަށް ދެވިފައިވާ މޮރެޓޯރިއަމްގެ މުއްދަތު އިތުރުކުރުން

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހި ރާއްޖޭގެ އިޤްތިޞާދަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށްޓަކައި މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ މޮރެޓޯރިއަމްގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމައި، 27 އޯގަސްޓް 2020 ގައި މިކޯޕަރޭޝަނުން ޢާންމުކޮށްފައިވާ (PR/SDFC/2020/06) ނޫސްބަޔާނާއި ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައިވާ ނޫސްބަޔާނުގައި ދެންނެވިފައިވާ ފަދައިން މޮރެޓޯރިއަމްގެ މުއްދަތު ސެޕްޓެމްބަރު މަހުން ފެށިގެން 04 މަސްދުވަހަށް އިތުރުކޮށް، މިއަދުން ފެށިގެން މިޚިދުމަތަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މޮރެޓޯރިއަމްއަށް އެދުމަށް ހަމަޖެހިފައިވަނީ މިކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ޕޯރޓަލްއިންނެވެ.

މޮރެޓޯރިއަމްއަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 25 ސެޕްޓެމްބަރ 2020 އެވެ. މިތާރީޚާއި ހަމައަށް މޮރެޓޯރިއަމްއަށް އެދި ހުށަހަޅާފައި ނުވާނަމަ، ބެލެވޭނީ އެފަރާތްތަކުން މޮރެޓޯރިއަމްގެ ޚިދުމަތް ބޭނުންނުވާ ކަމުގައެވެ. އަދި  އެލޯނުތަކަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ސެޕްޓެމްބަރު 2020 އިން ފެށިގެން ދައްކަންވާނެއެވެ.

މޮރެޓޯރިއަމްއަށް އެދުމާއި ގުޅޭ އިތުރު މަޢުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓު (www.sdfc.mv) މެދުވެރިކޮށް މިހާރު ލިބެން ހުންނާނެއެވެ.

09 ސެޕްޓެންބަރު 2020