ދިވެހިރާއްޖެ
ނަންބަރު:19 /2020/MED/153-FHS
އިޢުލާން
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިހާނާ ބެހޭ.
ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނާއި، މެޑިކަލް ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުންގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެންވަރު ބެލުމުގެގޮތުންދެވޭ ކޮމްޕިޓެންސީ އިމްތިޙާން، މިހާރު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކޮންމެ މަހަކު އެއްފަހަރު ބޭއްވުމަށް ނިންމާފައިވާ ކަމުގައި ދަންނަވަމެވެ. މިގޮތުން އިމްތިޙާނު ބޭއްވޭ ކޮންމެ ދުވަކަށް ފުރުޞަތު ދެވޭނީ 30 ބޭފުޅުންނަށެވެ. އެއީ (15 ފާމަސިސްޓުން އަދި 15 ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުން) ނަށެވެ. މިދެންނެވި ގޮތަށް އިމްތިޙާން ދިނުމުގައި ޢަމަލު ކުރަމުންދާނީ ކޯވިޑު-19 ނޯމަލް ވަންދެންކަމުގައިވެސް ދަންނަވަމެވެ.
ފެކަލްޓީގައި އިމްތިޙާން ބޭއްވޭނީ ތިރީގައި މި ދަންނަވާ ތާވަލުގައިވާ ދުވަސްތަކުގެ ހެނދުނު 10:00 ގައެވެ.
# |
މަސް |
ދުވަސްތައް |
1 |
ސެޕްޓެމްބަރ |
15 |
2 |
އޮކްޓޯބަރ |
15 |
3 |
ނޮވެމްބަރ |
15 |
4 |
ޑިސެމްބަރ |
15 |
އިމްތިޙާންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވަންޖެހޭނެއެވެ.
- އިމްތިޙާން އޮންނަ ދުވަހުގެ 2 ދުވަސް ކުރިން (ބަންދު ދުވަސް ނުހިމަނާ) ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި ރަޖިސްޓްރީ ކުރުން.
- އިމްތިޙާން އޮންނަ ދުވަހު ތިމްތިޙާން ފެށުމުގެ 30 މިނިޓް ކުރިން އިމްތިޙާނަށް ޙާޟިރުވުން.
- އިމްތިޙާނަށް ޙާޟިރުވާއިރު ބިދޭސީއެއްނަމަ ޕާސްޕޯޓް އަދި ދިވެއްސެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް، އިމްތިޙާނަށް ފީ ދެއްކިކަމުގެ ރަސީދު އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އޭޕްރޫވަލް ސްލިޕް އާއި އެބޯޑުން ދެއްވާ އިންޓަވިއުއިން ފާސްވިކަމުގެ ލިޔުން ގެނައުން.
އިތުރު މަޢުލޫމާތު މިފެކަލްޓީގެ ފޯނު ނަމްބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.