ދިވެހިރާއްޖެ
މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް، ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި އިދާރާއިން ތަކެތި ދިނުމުން، މި އިދާރާއިންދޭ ނަމޫނާއާ އެއްގޮތަށް ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކޮށްދޭން އެދޭފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
މި މައްސަކަތް ކުރުމާބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 2020 ސެޕްޓެމްބަރު 20 ވާ އާދީއްތަ ދުވަހު އޮންނާނެއެވެ. ބައްދަލުވުން ބާއްވާނެ ގަޑިއާއި، ބައްދަލުވުން ކުރިޔަށް ގެންދާނެގޮތެއް، ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އަންގާނެވާހަކަ ދަންނަވަމެވެ.
މި މަސައްކަތަށް ބިޑު ހުށަހެޅޭނީ، ބިޑު ހުށަހެޅުމަށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
ބިޑްހުށަހެޅުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށް ގެންދާނީ 2020 ސެޕްޓެމްބަރު 13 އިން 2020 ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ، ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރަންއެދޭ ފަރާތްތަކުން ތިރީގައި އެވާ މަޢުލޫމާތު މި އިދާރާއަށް ދުރުވެ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ނުވަތަ މި އިދާރައިގެ ނަންބަރު: 6680056 ފޯނަށް ގުޅުއްވާ އެ މަޢުލޫމާތު ހިއްސާ ކުރެއްވުން އެދެމެވެ.
- ނަމާއި، އެޑްރެސް:
- އައި.ޑީ.ކާޑު ނަންބަރު: ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީ ނަންބަރު)
- ގުޅޭނެ ފޯނު / މޯބައިލް ނަންބަރު:
- އީ މެއިލް އެޑްރެސް: (ބިޑަށް ރަޖިސްޓްރީވާ ފަރާތުގެ ނަމުގައި އީ މެއިލެއް ހަދާފައިނުވާ ނަމަވެސް، ލިޔުންތައް މެއިލް ކުރާނެ، މެއިލް އެޑްރެހެއް އޮންނަންވާނެއެވެ.)
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ސެޕްޓެމްބަރު 28 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާގައެވެ.