ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)259 /2020/44
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 20 ސެޕްޓެންބަރު 2020 13:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް:

j-220597

މަޤާމުގެ ނަންބަރ:

1 (އެކެއް)

ބޭނުންވާ އަދަދު:

 ދާއިމީ

މަޤާމުގެ ގިންތި:

އެމް.އެސް 3

މަޤާމުގެ ރޭންކް:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

މަޤާމުގެ ކްލެސިފިކޭޝަން:

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން:

-/7035 ރ (ހަތްހާސް ތިރީސްފަސް ރުފިޔާ)

މުސާރަ:

-/2000 ރ ( ދެހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ( މީގެ އިތުރުން އިނާޔަތެއް ނުވަތަ އެލަވަންސްއެއް ކަނޑައެޅިފައިވާނަމަ އެ އިނާޔަތްތަކާ އެލަވަންސްތައް)

އެހެނިހެން އެލަވަންސް      

  1. ކޯޕަރޭޓް އެފެއާޒް ޔުނިޓްގެ މުވައްޒަފުންގެ މަސައްކަތު ޓާގެޓް ކަނޑައަޅައި މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި،މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ރިވިއުކުރުން.

 

 

 

  1. އިދާރީ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  2. ކައުންސިލްގެ މުދަލާއި،އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މާލީ އެންމެހާ ވަސީލަތްތައް ބެލެހެއްޓުމަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް ހަމަޖައްސައި އެކަންކަން ހިނގާ ނުހިނގާ ގޮތްބެލުން.
  3. މުވައްޒަފުންގެ ކަންކަމާއިގުޅޭ މަސައްކަތްތައް ރާވައި ހިންގުން. 
  4. މިސްކިތްތަކާއި ގުޅޭ އެންމެހާ ކަންކަމާއި ދީނީ ކަންކަން ހިންގައި ބެލެހެއްޓުން.
  5. ޔުނިޓުން ފޯރުކޮށްދޭންޖެހޭ ރަށްވެހިކަމުގެ ޚިދުމަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  6. ވަޒީފާ ބަޔާނުގައިވާ ޚާއްސަ ވާޖިބުތަކުގެ އިތުރުން މުޅިތަނާއި ޤައުމަށްދިމާވާ ކުއްލި އިމަޖެންސީތަކާއި،އެންމެން ޝާމިލްވާންޖެހޭ ޚާއްސަ ކަންކަމުގައި ބައިވެރިވުން.
  7. ސިވިލްސަރވިސްގެ ޤާނޫނާއި ޤަވާއިދުތަކުގެ ދަށުން އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ވަޒީފާއާއި ގުޅުންހުރި މަސައްކަތްތައް ކުރުން.
  8. ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި، އިދާރާގެ މަސައްކަތްތަކުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލއިޔަތުތަކާއި ވާޖިބްތައް:

 

  1. 1.      1.އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭގްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. 2.       2. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭގްމަންޓްގެ ދާއިރާއިން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. 3.      3. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭގްމަންޓްގެ ދާއިރާއިން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން

 

 

މަގާމުގެ ޝަރުތުތައް:     

 

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( މިފޯމް މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)

2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒިފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

5. ލިބިފައިވާ ތައުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ

 (ހ) މޯލަޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތައުލީމްދޭ މަރުކަޒަށް ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ

ކޮޕީ،ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމްދޭ ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓްލިބިފައިވާނަމަ އެ ސެޓުފިކެޓްގެ ކޮޕީ

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލްސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި ، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން: ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ގާބިލް  ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ·         1.ވަޒީފާގެ ދާއިރާގެ ޓެކްނިކަލް އަދި ޕްރޮފެޝަނަލް މަސައްކަތުގެ މައޫލޫމާތު ލިބިފައިވާ މިންވަރު()
  • ·         2. މަސައްކަތް ރޭވުމާއި ހިންގުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މިންވަރާއި ލިބިފައިވާ ތަޖުރިބާ ()
  • ·         3. މުވައްޒަފުންނާއެކު ގުޅިގެން މަސައްކަތް ކުރުމާއި ލީޑަރެއްގެ ގޮތުން މަސައްކަތް ކުރުމުގެ ގާބިލްކަން (%30)
  • ·         4.ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ގާބިލްކަން (%30)
  • ·         5.ރިސޯސް މެނޭޖްކުރުމާއި މުދަލާއި ފައިސާ ބެލެހެއްޓުން ()

 

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

 

20ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ އަށް، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ލިޔެކިޔުންތައް ހުށަހެޅުން.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

 

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 20 ސެޕްޓެމްބަރ 2020 އާއި 30 ސެޕްޓެމްބަރ 2020 އާ ދެމެދު ހދ އަތޮޅުކައުންސިލްގެ އިދާރާގައެވެ.

 

ޝޯޓް ލިސްޓްކުރުން:

   މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި    ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން   މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ވަޒފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕްއިންޓް ލިބުނުގޮތުގެ ޝީޓް (A2    ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2  ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2   ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މި އިދާރާއަށް ހުށަހަޅައްވާނެއެވެ.

 

 

 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6520027 ނަންބަރު ފޯނާއެވެ. 

 

 

07 ސެޕްޓެންބަރު 2020