ކުއްޔަށް ދިނުން
ނަންބަރު: (IUL)342/2020/81
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 15 ސެޕްޓެންބަރު 2020 11:30
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނުމަސް އެޅުމަށް ދެފަށްތޮށިން ބިން ދޫކުރުން

އިޢުލާން

ލޮނުމަސް އެޅުމަށް ދެފަށްތޮށިން ބިން ދޫކުރުން

            ކޮވިޑް 19 އާއި ގުޅިގެން މިހާރު މުޅިޤައުމަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމާގުޅިގެން މިރަށަކީވެސް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮއްފައިވާ ރަށެކެވެ. މިކަމާއި ގުޅިގެން ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބެންހުރި ކޮންމެ ރޮނގަކުންވެސް މި ކައުންސިލުން ވެދެވެންއޮތް އެހީތެރިކަމެއް މިރަށުގެ ރައްޔިތުންނަށް ދިނުމަށްވަނީ މިކައުންސިލުން ނިންމާފައެވެ.

              އެގޮތުން މިހާރު ރަށުގެ ގިނަބަޔަކު އާމްދަނީ ހޯދުމަށްކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ކުދި އުޅަނދު ފަހަރުގައި ހިބަރާއި ފަރުމަހުގެ މަސްވެރިކަން ކުރަމުންދާކަންވަނީ ފާހަގަކުރެވިފައެވެ. މިކަމަށް އިތުރު ކުރިއެރުމެއް ހޯދައި ދިނުމަށްޓަކައި ބާނާމަސް ލޮނުއަޅާ ރައްކައުތެރިގޮތެއްގައި ބެލެހެއްޓުމަށް އެކަމަށް ބޭނުންވާ ފަރާތްތަކަށް ބަނދަރުގެ ދެފަށްތޮށީން  2000 (ދެހާސް) އަކަފޫޓުގެ ޖުމްލަ 3 ބިމެއް 6 މަސްދުވަހަށް ކުއްޔަށް ދޫކުރުމަށް ފުރުޝަތު ހުޅުވާލަމެވެ.

              ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހު 11.30 އަށް މިއިދާރާއަށް ހާޒިރުވެ، ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.  މިފުޝަތުވަނީ ކުންފުނިތަކާއި ޕާޓްނަރޝިޕާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކާއި، އަދި އަމިއްލަ ފަރާތްތަކަށް ހުޅުވާލެވިފައެވެ. ޕްރޮޕޯސަލް ފޯމު ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ގެންނަންވާނެ، އަދި އަމިއްލަ ފަރާތެއްނަމަ އައިޑީކާޑް ކޮޕީ ގެންނަށް ވާނެއެވެ. ފޯމާއި މަޢުލޫމާތު ކަރުދާސް ދޫކުރުން 07 ސެޕްޓެމްބަރު 2020 ވާ ހޯމަ ދުވަހުން ފެށިގެން 14 ސެޕްޓެމްބަރ 2020ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެވެސް ހެނދުނު 08.30 އިން މެންދުރުފަހު 02.00 އަށެވެ.

               މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

              18 މުޙައްރަމް 1442

              06 ސެޕްޓެމްބަރ 2020

06 ސެޕްޓެންބަރު 2020