ޢާންމު މަޢުލޫމާތު
ނަންބަރު: TTAM/IUL/2020/002ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 18:58
ސުންގަޑި: 17 ސެޕްޓެންބަރު 2020 17:00
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އިންތިޚާބް 2020

ޢިއުލާން

 

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީގެ އިންތިޚާބު

 

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ހަމަޖެހިފައިވަނީ ތިރީގައި މި ދަންނަވާ ގޮތަށެވެ.

 

ދުވަސް: 8 ސެޕްޓެންބަރު 2020 (އަންގާރަ)

ގަޑި: 13:00 އިން 17:00 އަށް

ތަން: ގަލޮޅު ރަސްމީ ބޯޅަ ދަނޑު (ގޭޓް ނަންބަރު 2- އޮލިމްޕަސް ކުރިމަތި: މަޖީދީ މަގު)

 

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މި އެސޯސިއޭޝަންގެ ފުރިހަމަ މެންބަރުންނާއި، މި އިންތިޚާބުގައި ވޯޓު ލުމަށް ހަމަޖެހިފައިވާ ކުލަބު ތަކުގެ މަންދޫބުން، ވޯޓު ލުމަށް ވަޑައިގަންނަވާއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑު ގެންނަވަންވާނެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ކަނޑައަޅުއްވާ ފައިވާ ތިރީގައި މި ދަންނަވާ މިންގަނޑުތަކަށް ސަމާލުކަންދެއްވުން އެދެމެވެ.

  1. ކޮވިޑް 19 އިން ރައްކާތެރިކުރުމަށް އަޅާފައިވާ އެންމެހައި ފިޔަވަޅުތަކާ އެއްގޮތަށް މިކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ޢަމަލުކުރުން.
  2. މި ޙަރަކާތުގެ ހުރިހާ މަރުޙަލާއެއްގައި ގައިޑްލައިންތަކުގައިވާ ފަދައިން ގައިދުރުކަން ބެހެއްޓުމާއި މާސްކް އަޅައިގެން ތިބުން .

 

 

 

  1. ކޯވިޑް 19 އާ ގުޅިގެން އެކަހެރިކުރެވިފައި ނުވަތަ ކަރަންޓީނުކުރެވިފައިވާ އެއްވެސް ފަރާތަކުން މި ކަމުގައި ބައިވެރިނުވުން.
  2. ކޯވިޑް 19 ގެ އެއްވެސް އަލާމާތެއް ހުރި މީހަކު މި ކަމުގައި ބައިވެރިނުވުން.
  3. ވޯޓުލާ ސަރަޙައްދަށް ފަހަރަކު 10 މީހުނަށް ވުރެ ގިނައިން ނުވަނުން.

 

ވީމާ، މި ކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

 

                               06 ސެޕްޓެންބަރު 2020

 

 

 

 

05 ސެޕްޓެންބަރު 2020