ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-/ENV/438/2020/150
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 22:10
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ކ. ގުރައިދޫ ދެކުނުފަރާތުގައި އޮންނަ ކަނޑުއޮޅި" ގެ އިންތަކާއި މިންތައް އަދި ޒޯނޭޝަންގެ ތަފްޞީލު ތިރީގައިވާ ގޮތަށް ކަނޑައެޅުން
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން 27 ސެޕްޓެމްބަރ 1995 ގައި މިމިނިސްޓްރީން ކުރި ނަންބަރު: E/95/32)) އިޢުލާނުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން "ކ. ގުރައިދޫ ދެކުނުފަރާތުގައި އޮންނަ ކަނޑުއޮޅި" ގެ އިންތަކާއި މިންތައް އަދި ޒޯނޭޝަންގެ ތަފްޞީލު ކަނޑައަޅާ، ގަވައިދު ނަންބަރު: 2018/R-78 (ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދު) ގައިވާ ގޮތުގެ މަތިން މިސަރަހައްދާބެހޭ އިތުރު ތަފްޞީލްހިމަނައި، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
03 ސެޕްޓެންބަރު 2020