ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-PIDS1/471/2020/26
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 21:30
ސުންގަޑި: 14 ސެޕްޓެންބަރު 2020 13:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އެސޯސިއޭޓް ފޮރ އެން.ޑީ.އެމް.އޭ (ލޯކަލް)

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު   

ޕްރޮޖެކްޓް އެސޯސިއެޓް ފޮރ އެން.ޑީ.އެމް.އޭ (ލޯކަލް) 

]MV-MONPI-183045-CS-INDVރިފަރެންސް ނަންބަރު: ]

 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން  އިން ކުރިއަށް ގެންދާ " މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް" މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ލޯނާއި ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން އެން.ޑީ.އެމް.އޭއަށް ޕްރޮޖެކްޓް އެސޯސިއޭޓްއެއް ހޯދުމަށް ބޭނުންވެއެވެ.

ކޮންސަލްޓެންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިޕްރޮޖެކްޓްގެ ސަބްކޮމްޕޯންނަންޓްގައި ހިމެނޭ މަސައްކަތްތައް ކުރުމާއި އެން.ޑީ.އެމް.އޭގެ މެނޭޖްމަންޓް އިން ހަވާލުކުރާ މަސައްކަތްތައް ކުރުން ހިމެނެއެވެ.  ކޮންސަލްޓެންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

                        i.    މަދުވެގެން އަންޑަރ ގްރެޖުއޭޓް ޑިގްރީ ބިޒްނަސް އިން، ޕްރޮޖްކްޓް މެނޭޖްމަންޓް އިން ނުވަތަ  ގުޅުން ހުރި ދާއިރާއަކުން ހާސިލްކޮށްފައި ވާންވާނެއެވެ.

                      ii.    މަދުވެގެން 5 އަހަރުގެ ޕްރޮފެޝަނަލް ވޯކް އެކްސްޕީރިއަންސް އަދި 3 އަހަރުގެ ސްޕެސިފިކް ވޯކް އެކްސްޕީރިއަންސް ލިބިފައިވުން.

                     iii.    ޑޯނަރ ފަންޑަޑް ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

                     iv.    ކޮމްޕިއުޓަރ އެއިޑެޑް ޑިޒައިން ސޮފްޓްވެއަރއަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން

                       v.    އިނގިރޭސި ބަހާއި އަދި ދިވެހި ބަހުން ފަރިތަކަމާއިއެކު ލިޔަން ކިޔަން އެނގުން.

                     vi.    ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި ގަވާއިދުން ޕްރޮޖެކްޓް ސައިޓްތަކަށް ދަތުރުކުރެވޭނެ ފަރާތަކަށްވުން

                   vii.    ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރާ ފަރާތަކަށްވުން

                  viii.    ޝޯޓު ލިސްޓު ކުރެވޭ ފަރާތްތަކުގެ ޤާބިލުކަން ސާބިތުކޮށްދިނުމަށް އިންޓަރވިއު ކުރެވޭނެއެވެ.

                     ix.    މި މަޤާމަށް ހޮވޭ ފަރާތަކީ މި މަޤާމުގެ މަސައްކަތްތައް އަދި މަސްއޫލިއްޔަތުތައް ރަނގަޅަށް އެނގޭ ފަރާތަކަށް ވާންވާނެއެވެ. އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރެވޭ އަދި މަސައްކަތާއި ގުޅޭ ކަންތައް ތަކުގައި އިސްނަގާ ފަރާތަކަށް ވާންވާނެއެވެ.

 

މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް މުސާރައިގެ ގޮތުގައި 17،550.00 ރުފިޔާއާއި 20،160.00 ރުފިޔާއާއި ދެމެދުގެ ޢުޖޫރައެއް ދެވޭނެއެވެ. 

މިމަސައްކަތްކަތުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. އަދި މީގެ ތެރެއިން 3 މަސްދުވަސް ޕްރޮބޭޝަންގެ ގޮތުގައި ހިމެނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ސެޕްޓެމްބަރ ވާ ހޯމަ ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. 

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

އީމެއިލް: [email protected]

 

03 ސެޕްޓެންބަރު 2020