ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2020/74
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 15:57
ސުންގަޑި:
13 ސެޕްޓެންބަރު 2020 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭ ސިޓީގައި ހުއްދަނެތް ސަރަޙައްދުތަކަށް ތެޔޮ ސަޕްލައިކޮށް ސްޓޯރކުރުން ހުއްޓުވުމާ ގުޅޭ
މާލޭ ސިޓީގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކޮށް އެފަދަ ހާދިސާތަކުން މީހުން ސަލާމަތް ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ޑިފެންސްއިން 12 އޮގަސްޓް 2012 ވަނަ އަހަރު ގެޒެޓްކޮށްފައިވާ ޤަވާޢިދު ނަންބަރު: 2015/R-160 " " ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ޤަވާޢިދުގެ " ދަށުން ތެލުގެ ޚިދުމަތްދޭ އެއްވެސް ތަނަކުން މީހުން ދިރިއުޅޭ ސަރަހައްދަށް ތެޔޮ ސަޕްލައި ކޮށްދިނުމަކީ މަނާ ކަމެއްކަމަށާއި އަދި ޙަވާލާދީފައިވާ ޤަވާޢިދާ ޚިލާފަށް މީހުން ދިރިއުޅޭ ސަރަޙައްދުގައި ތެޔޮ ރައްކާކޮށް ގެންގުޅުމަކީވެސް މަނާ ކަމެއް ކަމަށް މާލޭ ސިޓީ ކައުންސިލްގެ 03 ވަނަ ދައުރުގެ105 ވަނަ ރަސްމީ ޢާއްމު ޖަލްސާއިން ވަނީ ނިންމަވާފައެވެ. އެހެންކަމުން، މި އެންގުމާ ޚިލާފްވާ ފަރާތްތަކަށް ޤަވާއިދުން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.
03 ސެޕްޓެންބަރު 2020