ޢާންމު މަޢުލޫމާތު
ނަންބަރު: MNU-CA-PAMD/2020/43
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 14 ސެޕްޓެންބަރު 2020 10:10
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީން ހިންގާ ރިސާރޗް ޕްރޮޖެކްޓަކަށް ބޭނުންވާ ބައެއް ތަކެތި ގަތުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރިސަރޗް ސެންޓަރުން ހިންގާ ރިސާރޗް ޕްރޮޖެކްޓަކަށް ބޭނުންވާ ބައެއް ތަކެތި ގަންނަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. ގަންނަން ބޭނުންވާ ތަކެތީގެ މިނިމަމް ރެކުއަރމަންޓް މި ކަރުދާހާ އެޓޭޗް ކުރެވިފައިވާނެއެވެ.
  3. އަންދާސީ ހިސާބު އީމެއިލް ކުރުމަށް ހުޅުވާލެވެނީ 2020 ސެޕްޓެމްބަރ 14 ވާ ހޯމަ ދުވަހުގެ 10:00 ން10:10 ށެވެ. މި ގަޑީގެ ކުރިން ނުވަތަ ފަހުން ހުށަހަޅާ ބީލަންތަށް ބަލައި ނުގަނަވޭނެއެވެ. އިންދާސީ ހިސާބު ހުށަހަޅާނީ [email protected] އަށެވެ.
  4. ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  5. މީގެ އިތުރުން ނަންބަރު 2 ގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮޕޯސަލްގައި ބަޔާންކުރަންޖެހޭ މައުލޫމާތާއި މި އިއުލާނުގައިވާ މިނިމަމް ސްޕެސިފިކޭޝަނާ ދިމާނުވާނަމަ އެފަރާތްތަކުގެ ބީލަންވެސް ބާޠިލްކުރެވޭނެއެވެ.
  6. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

 

ސްޕެސިފިކޭޝަނާ ގުޅޭ މައުލޫމާތު ނަމަ؛

ރިސަރޗް ސެންޓަރ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345424

އީ-މެއިލް:  [email protected]

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345109، 3345611

އީ-މެއިލް: [email protected]

 

 

 

 

 

 

 

03 ސެޕްޓެމްބަރ 2020

03 ސެޕްޓެންބަރު 2020