މަސައްކަތް
ނަންބަރު: (IUL)-BCC/2020/18
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 14 ސެޕްޓެންބަރު 2020 14:15
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕީ.އޯ.އެސް (POS) ސޮފްޓްވެއަރއެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ޕީ.އޯ.އެސް (POS) ސޮފްޓްވެއަރއެއް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި (ބީ.ސީ.ސީ) ގުޅިގެން ސަރުކާރުގެ އެސް.އެމް.އީ (SME) ޕޮލިސީގެ ދަށުން ކުދި ވިޔަފާރިތަކަށް ޕީ.އޯ.އެސް ސޮފްޓްވެއަރ އަތްފޯރާ އަގެއްގައި ފޯރުކޮށްދިނުމުގެ ބޭނުމުގައި ސޮފްޓްވެއަރއެއް ޑިވެލޮޕްކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ސޮފްޓްވެއަރ ގައި ގޭގަ ތިބެގެން މަސައްކަތް ކުރާ ފަރާތްތަކަށާއި ފްރީލާންސް ފަރާތްތަކަށް ޖެނެރަލް ބުކްކީޕިންގ އަށް ހާއްސަ މޮޑިއުލްއެއްވެސް ޑިވެލޮޕްކުރެވޭނެއެވެ.

މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ ' Sustainable Economic Empowerment and Development for SMEs (SEEDS)' ޕްރޮޖެކްޓުގެ ދަށުންނެވެ. SEEDS ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގައި ހުންނަ އ.ދ. ގެ ތަރައްޤީއާއި ބެހޭ ޖަމުޢިއްޔާއާއި (UNDP) އެއްބާރުލުމުގެ ދަށުން އަދި ޖަޕާން ސަރުކާރުގެ މާލީ އެހީތެރިކަމާއި އެކު ކުރިއަށްދާ ޕްރޮޖެކްޓެކެވެ. SEEDS ޕްރޮޖެކްޓުގެ އަމާޒަކީ COVID-19 ގެ ސަބަބުން ދިވެހިރާއްޖެއަށް ކުރަމުން އަންނަ އަދި ކޮށްފައިވާ ނޭދެވޭ އަސަރުތައް ހިރާސްކުރުމަށް އިޤްތިސާދީ ވަސީލަތްތަކެއް ފޯރުކޮށްދިނުމެވެ.

ވީމާ ޕީ.އޯ.އެސް ސޮފްޓްވެއަރ ޑިވެލޮޕްކުރަން ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް ކުރިމަތިލުމަށް ދައުވަތު އަރުވަމެވެ. މި އިއުލާނާއިއެކު މިމަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެ ވާހަކަވެސް ދަންނަވާލަމެވެ.

އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

03 ސެޕްޓެންބަރު 2020