ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2020/32
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 14 ސެޕްޓެންބަރު 2020 13:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - އޮފީސް އެސިސްޓަންޓް

މަޤާމު:

އޮފީސް އެސިސްޓަންޓް

ރޭންކު:

CSC1-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ. ސަޕޯޓް އޮފިސަރސް

ޔުނިޓް:

އެޑްމިނިސްޓްރޭޝަން

މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސް ކޮމިޝަނުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި އެ ފަރާތްތަކަށް ރައްދުކޮށްދިނުމާއި، ކޮމިޝަނުގެ ކާރުގެ ރަސްމީދަތުރުތައް ކުރުމާއި، ކޮމިޝަނުގެ ދިދަ ހެނދުނު 6:00 ގަ ނެގުމާއި، އިރުއޮއްސި 6:00 ގައި ތިރިކުރުމާއި، ކޮމިޝަނުގެ ކުދިކުދި މެއިންޓެނަންސް މަސައްކަތާއި އިލެކްޓްރިކް މަސައްކަތްކުރުމުގެ އިތުރުން ރަސްމީ ގަޑިއާއި ނުރަސްމީ ގަޑީގައި އޮފީހުގެ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މުސާރަ:

މަހަކު -/4860 ރުފިޔާ

ސަރވިސް އެލަވަންސް:

ދުވާލަކަށް -/55 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 1701.00 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކޮމިޝަނުގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އާއި އެހެނިހެން ތަކެތި ފަރުވާތެރިކަމާއެކު ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.
  2. ކޮމިޝަނުގެ ކާރުގެ ރަސްމީ ދަތުރުތައް ކުރުން.
  3. ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ކުރަންޖެހޭ ރަސްމީ ދަތުރުތަކުގައި އެ މުވައްޒަފުންނަށް އެހީތެރިވުމުގެ ގޮތުން އެ މުވައްޒަފުންގެ ފޮށިތައް ގެތަކުން ނެގުމާއި، ފުރަން ހަމަޖެހިފައިވާ ތަނަކަށް ގެންގޮސްދިނުން.
  4. ކޮމިޝަނުގެ ސެކްޝަންތަކަށް ގެނެވޭ ބަދަލުތަކާ ގުޅިގެން އެއްފްލޯއިން އަނެއް ފްލޯއަށް އުފުލަށްޖެހޭ ބޮޑެތި މޭޒުތަކާއި، ބޮޑެތި ޕާޓްޝަންތައް، ސިޑި ބޭނުންކޮށްގެން އަރުވާ ބޭލުން.
  5. ކޮމިޝަނުގެ މުވައްޒަފުން ބޯން ބޭނުންކުރާ 20 ލީޓަރުގެ ބޮޑެތި ފެންފެޅިތައް ގްރައުންޑް ފްލޯއިން ތާރޑް ފްލޯއަށް ސިޑި ބޭނުންކޮށްގެން އެރުވުން.
  6. ވިއްސާރަ މޫސުމުގައި ފުރާޅަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ފެންލީކްވުން ފަދަ ކަންކަން ދިމާވުމުން އެކަންކަން ހައްލުކުރުމަށް ތާރޑް ފްލޯގެ ފުރާޅަށް އަރައި، ފެންލީކްވާ ތަންތަން ހޯދައި ބަލައި، އެކަންކަން ހައްލުކުރުން.
  7. ކޮމިޝަނުގެ ފާޚާނަތަކަށް ދިމާވާ މައްސަތަކައް ހައްލުކުރަން.
  8. ކޮމިޝަނުގެ ދޮރުތަކުގެ ތަޅު ހަލާކުވުމުން ތަޅު ބަދަލުކުރުން.
  9. ކޮމިޝަނުގެ ދިދަ ހެނދުނު 6:00 ގަ ނެގުމާއި، އިރުއޮއްސި 6:00 ގައި ތިރިކުރުން.
  10. ކޮމިޝަނުގެ މުވައްޒަފުން ރަސްމީ ގަޑީގައި އޮފީހުގެ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ ކަންތައްތަކުގައި އެހީތެރިވެދިނުން.
  11. އޮފީހުގައި ކުރެވޭ އެހެނިހެން މަސައްކަތްތައް ސުޕަރވައިޒަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރުން.
  12. ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތަށް އަދާކުރުން.
  13. ކޯޕަރޭޓް އެފެއާޒްއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  14. ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  15. ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.
  16. ބައްދަލުވުންތަކަށް ބޭނުންވާ ވަގުތު މީޓިން ރޫމްތައް ތައްޔާރުކުރުން
  17. ކޮމިޝަން ހުޅުވައި ލެއްޕުން
  18. ކޮމިޝަނުގެ ކާރު ސާފުކޮށް ބެލެހެއްޓުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2020 ސެޕްޓެންބަރު 14 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040) 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް އަދި ޗެކް ލިސްޓް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު އަދި ޗެކް ލިސްޓް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނުކުރާކަމުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  7. ޑްރައިވިންގ ލައިސަންސް

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: 30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: 55)

 

 

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލްކަން ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއުއޮންނާނެ ތަނާއި، މުއްދަތު:

 

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 2020 ސެޕްޓެންބަރު 15 ން 2020 އޮކްޓޫބަރު 5 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، 20040 /މާލެ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307356 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. 

 

15 މުޙައްރަމް 1442ހ

03 ސެޕްޓެންބަރު 2020މ                                   

 

03 ސެޕްޓެންބަރު 2020