ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2020/262
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 06 ސެޕްޓެންބަރު 2020 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާ ގުޅިގެން ތަރުކާރީއާއި މޭވާގެ ބާވަތްތައް ހައްދާ ބާޒާރަށް ނެރުމާގުޅޭ

އިޢުލާން

   އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ދަނޑުވެރިންނަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި ޢާއްމުކޮށް ހައްދާ  ބާވަތްތައް ރާއްޖޭގެ ބާޒާރަށް ވިއްކުމުގެ މަސައްކަތް ކުރުމަށް އެ ކުންފުނިން ބޭނުންވެއެވެ. އެގޮތުން ރާއްޖޭގައި  ޢާންމުކޮށް ހައްދާ ފަތްކެޔޮ، ފަޅޯ، ކަރާ، ބަޓާނާ، ބަރަބޯ، ބަށި، ތޮޅި، ކެބެޖު، ލެޓިއުސް، މެލަން، ކިއުކަންބާ، ދަނޑި އަލުވި، ކައްޓަލަ، ޒުވާރި ކެޕްސިކަމް އަދި ދޮނަޅަ އުފެއްދުމަށްޓަކައި އެ ކުންފުންޏާއި ދަނޑުވެރިންނާއި ދެމެދު އެއްބަސްވުން ހެދި އެ އެއްބަސްވުމުގައި ވާ ގޮތަށް އެ ފަރާތްތަކުން އުފެއްދުމަށް ކަނޑައެޅިފައިވާ ބާވަތް، އެއްބަސްވެފައިވާ ސައިޒްގެ ބިމެއްގައި ތަކެތި އުފެއްދުމަށް ދަނޑުވެރިންނަށް މާލީގޮތުންނާއި ފަންނީގޮތުން ހުރިހާ އެހީތެރިކަމެއް އެގްރޯ ނޭޝާނަލް ކޯޕަރޭޝަނުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދެންނެވިފައިވާ އުފެއްދުންތައް ކުންފުނިން ގަތުމަށްފަހު ރާއްޖޭގެ މާރކެޓަށް ވިއްކުމަށްވެސް ވަނީ އެ ކުންފުނީގެ ފަރާތުން ރާއްވަވާފައެވެ.

   ވީމާ، މިކަމަށް ޝަޢުޤުވެރިވާ ދަނޑުވެރިކަން ކުރާ ފަރާތްތަކުން މި ކަމުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމަށްޓަކައި  އެ އަވަށެއްގެ އަވަށު އޮފީހަށް 06 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރުމަށް ފުރުސަތު ހުޅުވާލެވިފައިވާތީ ޢާންމުކޮށް އަންގާ އިޢުލާން ކުރަމަވެ. އަވަށު އޮފީހަށް އީމެއިލް ކުރައްވާ އިރު ނަމާއި، އެޑްރެސް، އަދި ގުޅޭނެ ނަންބަރު ހިމެނުއްވުމަށް ދެންނެވީމެވެ.

ހިތަދޫ އަވަށު އޮފީސް: [email protected]

މަރަދޫ އަވަސު އޮފީސް: [email protected]

މަރަދޫފޭދޫ އަވަށު އޮފީސް: [email protected]

ފޭދޫ އަވަށު އޮފީސް: [email protected]

ހުޅުދޫ އަވަށު އޮފީސް: [email protected]

މީދޫ އަވަށު އޮފީސް: [email protected]

 

14 މުޙައްރަމް  1442

02 ސެޕްޓެންބަރު 2020