ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)285-C/285/2020/42
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 14 ސެޕްޓެންބަރު 2020 14:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާގެ ފައިނޭންސް އޮފިސަރުގެ މަޤާމަށް މީހަކު ހޯދުމާބެހޭ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާގެ ފައިނޭންސް އޮފިސަރުގެ މަޤާމަށް މީހަކު ހޯދުމާބެހޭ

ތިރީގައި މިދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:                 ފައިނޭންސް އޮފިސަރ

މަޤާމް ނަންބަރ:           J-297701   

ބޭނުންވާ އަދަދު:            1 (އެކެއް)

މަޤާމް ގިންތި:              ދާއިމީ

މަޤާމް ރޭންކް:              އެމް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން:       ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންެޖެހޭ ތަން:       މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ / ނ.ހެނބަދޫ

ސެކްޝަން /ޔުނިޓް:            ކޯޕަރޭޓިވް އެފެއާޒް ޔުނިޓް

މުސާރަ:                   5610.00 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:         2000.00 (މަހަކު)

ސަޕޯޓިން ކޯ އެލަވަންސް 2:      700.00 (މަހަކު)

އތުުރު އިނާޔަތްތަށް:

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

*  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

* މީގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.    

މަޤާމުގެ މަސްއޫލިއްޔަތު:    

1. މާލިޔަތު ގަވާއިދުގައިވާ މުއްދަތުގައި އިދާރާގެ ބަޖެޓު  ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އަށާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމާއި، ދައުލަތުން ކައުންސިލަށް ކޮންމެ އަހަރަކު ގްރާންޓްގެ ގޮތުގައި ދޫކުރާ ފައިސާ އަށާއި، ކައުންސިލްގެ އާމްދަނީ ބަލައިގަނެ ކައުންސިލުން ފާސްކުރަންޖެހޭ ބަޖެޓް ތައްޔާރުކުރުން.

2. މާލިޔަތު ޤާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްގެ އިދާރާއިން ތައްޔާރު ކުރަންޖެހޭ މާލީ ރިޕޯޓް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސްއަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.

3. ވިޔަ މޮޑިއުލްގެ ފަންކްޝަންތަކަށް އަހުލުވެރިވެ، ވިޔައިން ތައްޔާރުކުރަންޖެހޭ ލިޔެކިޔުން، ރިސިޕްޓް، ވައުޗަރ ފަދަ ލިޔުންތަށް ތައްޔާރުކޮށް ވިޔަމޮޑިއުލް އަދާހަމަކުރުން.

4. ފައިނޭންސް ސެކްޝަނަށް ފޮނުވާ ސިޓީ އަދި މެސެޖުތަކަށް ޖަވާބު ތައްޔާރުކުރުމާއި،އާމްދަނީ ރިޕޯޓް ތައްޔާރުކުރުން އަދި ފައިސާގެ ހިސާބު ބެލެހެއްޓުން.

5. ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުމާއި އޮޑިޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން

6. ކައުންސިލަށް އާމްދަނީ ލިބެންޖެހޭ ތަންތަނުގެ ސައްޙަ ރަޖިސްޓްރީއެއް ހަދާ އަޕްޑޭޓްކޮށް ބެލެހެއްޓޭނެ ގޮތެއް ހެދުމާއި، ކައުންސިލަށް ބަލައިގަންނަ ފައިސާ ގަވާއިދުން ބޭންކަށް ޖަމާކުރަމުންދޭތޯ ޔަޤީންކުރުން

7. ކައުންސިލް ތިޖޫރިހިސާބު އަދި ތިޖޫރި ރިޕޯޓް ބެލެހެއްޓުން.

8. ކައުންސިލުން ފާސްކުރާ ނިންމުންތަށް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތަށް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުމާއި، ކައުންސިލް އިދާރާގެ މަސައްކަތްތަކާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން

9. މީގެ އިތުރުންވެސް ފައިނޭންސް ސެކްޝަންގެ މަސައްކަތާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން

ޝަރުތު:

1. ފައިނޭންސް ނުވަތަ އެކައުންޓިންގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:  

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވީސްގެ ވަޒީފާއަށް އެދޭ ފޯމް (މި ކައުންސިލްގެ އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށު ލިޔުންތަށް ފެންނަ، ލިޔެފައިވާ ލިޔުންތަށް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:                                              (ހ.)މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ؛ ނުވަތަ ސެޓުފިކެޓް ނެތްހާލަތެއްގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 

    (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ: 

     (ހ.) ސިވިލް ސަރވީސް ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ،  އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

    (ނ.) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު

    (ރ.)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ / ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ / ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

    ވަޒީފާގެ އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލެވޭނެކަންތައްތައް

    ދާއިރާ

    ބެލޭނެ ބައިތަށް

    މާކްސް

    އިންސައްތަ (%)

    ކެޓަގަރީގެ ޖުމްލަ އިންސައްތަ

    ތަޢުލީމާއި ތަމްރީނު

    ލިބިފައިވާ ތަޢުލީމް

    65

    35

    40

    މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

    30

    5

    އިމްތިޙާނު

    ސިވިލް ސަރވީސް ވަޒީފާއަށް ވަދުމަށް ދެވޭ އިމްތިޙާން

    12

    5

    5

    މަސައްކަތުގެ ތަޖުރިބާ

    މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

    23

    15

    15

    ލިބިފައިވާ ހުނަރު

    އިންޓަވިއު / ޕްރެޒެންޓޭޝަން / ޕްރެކްޓިކަލް

    100

    40

    40

    ޖުމްލަ

    230

    100

    100

    މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 

    މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 14 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މިލަދުން މަޑުލުދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށްއެދޭ ފޯމު ބަލައިގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރ 6560018 އަށް ގުޅުއްވުން އެދެމެވެ. 

    ޝޯޓް ލިސްޓްކުރުން:

    މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

    އިންޓަވިއު އޮންނާނެތަނާއި މުއްދަތު

    މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 16 ސެޕްޓެންބަރ 2020 އާއި 29 ސެޕްޓެންބަރ 2020 އާއި ދެމެދު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

    ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

    އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2  ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

    މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ފޯން ނަންބަރ 6560018 އަށެވެ. އަދި އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަށް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ"   (http://www.csc.gov.mv/dv/recreuitment-usoolu) އިން ލިބެން ހުންނާނެއެވެ. 

                                    03 ސެޕްޓެންބަރ 2020

03 ސެޕްޓެންބަރު 2020