ދިވެހިރާއްޖެ
މިއެސޯސިއޭޝަނަށް ތިރީގައި މިދަންނަވާ މަޤާމަށް މުއައްޒަފަކު ބޭނުން ވެއްޖެއެވެ.
މަގާމް: އެޑްމިނިސްޓްރޭޓިވް މެނޭޖަރ
ބޭނުންވާ އަދަދު: 01
ފެންވަރު ނުވަތަ ޝަރުތު: ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި، އޮފީސް މަސައްކަތުގެ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ފެށޭ މުސާރަ: -/8000 ރ އާއި -/10,000 ރ އާއި ދެމެދު.
( ޕްރޮބޭޝަން 3 މަސް ދުވަސް ހަމަ ވުމުން -/12,000 ރ އަދި ފޯނު އެލަވަންސް)
ވީމާ މިމަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި، އައި.ޑީ. ކާޑްގެ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު 10 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް އަށް ލިޔުމުން ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އީމެއިލް :[email protected]