ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-COS/141/2020/180
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 30 ނޮވެންބަރު 2020 00:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ކުޅިވަރު ޖަމްޢިއްޔާތަކުގެ އަހަރީ ރިޕޯޓާއި، މުއްދަތު ހަމަވެފައިވާ ހިންގާ ކޮމެޓީތައް އަލުން އިންތިޚާބު ކުރުމާއި ބެހޭ

އިޢުލާން

 

ގާނޫނު ނަންބަރު 2015 / 30 (   ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު ) ގެ ދަށުން އެކުލަވާލެވިފައިވާ  ޤަވައިދު ނަންބަރު 2017/R-13 ( ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ޤަވައިދު ) ގެ 25 ވަނަ މާއްދާގައިވާ ވާގޮތުގެ މަތިން ކޮމިޝަނަރ އޮފް ސްޕޯޓްސް ގައި 2017 އިން ފެށިގެން ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމްޢިއްޔާތަކުގެ އަހަރީ ރިޕޯޓް، އަދި ޖަމްޢިއްޔާތަކުގެ މުއްދަތު ހަމަވެފައިވާ ހިންގާ ކޮމެޓީތައް އަލުން އިންތިޚާބު ކުރުމަށްފަހު  30 ނޮވެމްބަރ 2020 ކުރިން ކޮމިޝަނަރ އޮފް ސްޕޯޓްސް އަށް ހުށަހެޅުމަށް ދަންނަވަމެވެ.

ޖަމްއިއްޔާގެ ބައްދަލުވުންތަކާއި އަހަރީ ޢާއްމު ޖަލްސާތައް އެޗް.ޕީ.އޭ އިން އަންގާފައިވާ ގައިދުރު ކުރުމުގެ އުޞޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށާއި ލިޔުންތައް ފޮނުއްވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347315-3347300 އަށް ކަމުގައިވެސް ދަންނަވަމެވެ.

02 ސެޕްޓެންބަރު 2020