ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)398-C/398/2020/26
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 30 ސެޕްޓެންބަރު 2020 13:00
ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖްކުރުމުގެ ޚިދުމަތަށް ރަޖިސްޓްރީކުރުމާއި ގުޅޭ

ނަންބަރު: 398-A/CM/2012/10

އިޢުލާން

                                             

މުންޑޫ ކުނި މެނޭޖްކުރާ މަރުކަޒުގެ ޚިދުމަތަށް ރަޖިސްޓަރީ ކުރުމާއި ގުޅޭ:

 

      ލޯއެމިޝަން ކުލައިމެޓް ރެޒިލިއަންޓް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ލެކްރެޑް)ގެ ހިލޭއެހީގެ ދަށުން މުންޑޫގައި ޤާއިމްކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިއިދާރާއިން މިދަނީ މަސައްކަތްކުރަމުންނެވެ. ވީމާ މުންޑޫގައި ދިރިއުޅުއްވާ ހުރިހާ ފަރާތްތަކުންވެސް މިޚިދުމަތަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
      މި މަރުކަޒުގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިއުމާއެކު މިހާރު ކުނިއަޅަމުންދާ ސަރަޙައްދުތަކަށް ކުނި އެޅުން މަނާކުރެވޭނެއެވެ. މުންޑޫ ވޭސްޓް މެނޭޖްމަންޓް ޕްލޭންގައި، މިޚިދުމަތަށް އަގުނެގުމަށް ކަނޑައެޅިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

         ކެޓަގަރީ

އިތުރު ތަފްޞީލް

ދައްކަންޖެހޭފީ

ގޭބިސީ

 

100.0 ރ (މަހަކު)

މުއައްސަސާތައް

 

200.0 ރ (މަހަކު)

ފިހާރަތައް

 

150.0 ރ (މަހަކު)

ކުނީގެ ދަތުރު (ޕިކަޕް ދަތުރު)

ދަތުރެއްގެ އަގު

50.0 ރ  (ކޮންމެ ދަތުރަކަށް)

ރަޖިސްޓްރީ ނުކުރާނަމަ ( ގޭޓް ފީ)

ކުނި އުކާލަން ދާ ކޮންމެ ފަހަރަކު

200.00 ރ

       ވީމާ މި ޚިދުމަތަށް ރަޖިސްޓްރީކުރުމަށް ފޯމު ހުށައެޅުމުގެ ފުރުޞަތު 01 ސެޕްޓެމްބަރ  2020ވަނަ ދުވަހުން ފެށިގެން 30  ސެޕްޓެމްބަރ 2020ވާ ބުދަ ދުވަހުގެ 13:00އާ ހަމައަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަނަވަމެވެ. މިޚިދުމަތަށް އެދޭ ފޯމު ރަސްމީދުވަސްތަކުގައި މިއިދާރާއިން ލިބޭނެ ވާހަކަ ދަންނަވަމެވެ.

       ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 ސެޕްޓެންބަރު 2020