ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-ADM/388/2020/60
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 10 ސެޕްޓެންބަރު 2020 12:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނުލީ އެއްގަމު އުޅަނދުގެ ރަޖިސްޓްރީގެ ދަފްތަރެއް ޤާއިމްކުރުމުގާ ގުޅޭ

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 5/2009 ގެ 15 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގެ ކޮންމެ ރަށަކުން ނުވަތަ ސިޓީއަކުން އެސަރަޙައްދެއްގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުގެ ރަޖިސްޓްރީގެ ދަފްތަރެއް ޤާއިމްކުރުމަށް ވަނީ އަންގާފައެވެ. އަދި މިދަފްތަރުގައި ދާއިމީކޮށް އެ ރަށަކަށް ނުވަތަ އެ ސިޓީއަކަށް ނުވަތަ އެސަރަޙައްދަކަށް ރަޖިސްޓްރީކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ މައުލޫމާތާއި،ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ދުއްވުމަށް ވަގުތީ ހުއްދަ ލިބިގެން އެރަށެއް ނުވަތަ އެސަރަހައްދެއްގައި ދުއްވާ އިންޖީނުލީ އެންގަމު އުޅަނދުގެ މަޢުލޫމާތު ސާފުކޮށް އެގޭނޭހެން ބަލަހައްޓަމުން ގެންދަންވާނެކަމަށްވެސް ބުނެފައިވެއެވެ.

               އެގޮތުން،މިރަށުގައި ބޭނުން ކުރަމުންގެންދާ އެންމެހާ އެއްގަމު އުޅަނދު ފަހަރުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިކައުންސިލުން ކުރަމުންގެންދާތީވެ 10 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ޙިއްސާކޮށްދެއްވުން އެދެމެވެ.

  • ފުރިހަމަ ނަން:
  • ދާއިމީ އެޑްރެސް:
  • އައިޑީ ކާޑު ނަމްބަރ:
  • އުޅަނދުގެ ރަޖިސްޓްރީ ނަމްބަރ:
  • އަދި އުޅަނދުގެ ބާވަތް:

މަތީގައިވާ މައުލޫމާތުތައް ފުރިހަމަ ކުރުމަށްފަހު މިއިދާރާގެ ފޯން ނަމްބަރ (7980047) ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް: [email protected]  މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސްކުރަމެވެ.              

               

              މިއިޢުލާނާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ 7980047 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

01 ސެޕްޓެންބަރު 2020