ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2020/30
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 11:42
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިވާ ރުއްގަސް ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި ހަމަޖެއްސުން

އިޢުލާން

ޤާނޫން ނަމްބަރ: 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) މިޤާނޫނަށް

ޢަމަލު ކުރަން ފެށުމުގެ ކުރީން އިންދާފައިވާ ރުއްގަހުގެ ތެރެއިން މިއިދާރާގައި ރަޖިސްޓަރީ ކޮށްފައިވާ ރުއްގަހާއި،

22 ޖުލައި  1998 ގެ ފަހުން ޤާނުނު ނަމްބަރ 98/21 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާ ބެހޭ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ

މަތީން މިއިދާރާގައި ރަޖިސްޓަރީ ކޮށްގެން އިންދާފައިވާ ރުއްގަސް ފިޔަވައި، މިދެންނެވި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް

މިރަށުގައި އިންދާފައިވާ ރުއްގަހަކީ، ކިނބިދޫ ރައްޔިތުންގެ ރުއްގަސް ކަމުގައި ހަމަޖައްސައިފީމެވެ. މިކަން މިގޮތަށް

ހަމަޖައްސަން ޖެހުނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ރުއްގަސް މިރަށުގައި އިންދަމުން ދިއުމާއެކު،

އެރުއްގަސް ނެގުމަށާއި، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ރުއްގަސް ނުއިންދުމަށް ތަފާތު އެކި މަރުޙަލާތަކުގައި އަންގައި،

އެއެންގުންތަކަށް ޢަމަލު ކުރަމުން ނުދާތީއެވެ.

ވީމާ، ޤާނޫން ނަމްބަރ: 98/21 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) އާ އެއްގޮތްވާ

ގޮތުގެ މަތީން މިއިދާރާގައި ރަޖިސްޓަރީ ކޮށްގެން އިންދާފައިވާ ރުއްގަހާއި، މިއިދާރާގައި ކުރިން ރަޖިސްޓަރީ ކޮށްފައިވާ

ރުއްގަސް ފިޔަވައި، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިވާ ރުއްގަހަކީ ކިނބިދޫ ރައްޔިތުންގެ މިލްކް ރުއްގަސް ކަމުގައި ދަންނަވަމެވެ.

 މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

26 އޮގަސްޓް 2020