ދިވެހިރާއްޖެ
ޅ. މާފިލާފުށީގައި ދިރިއުޅެމުންއައި ޢާއިލާތައް ބަދަލުކުރުމުގެ މަސައްކަތުގައި ޅ. މާފިލާފުށިން ޅ. ނައިފަރަށް ބަދަލުވުމަށް ބޭނުންވެ އެކަމަށް އެދިފައިވާ ޢާއިލާއަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދީ ނިމެންދެން ވަގުތީގޮތުން ބޯހިޔާވަހިކަމެއް ޅ. ނައިފަރުން ހަމަޖެއްސުމަށް ޓަކައި 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށްހިފަން ބޭނުންވެއެވެ. ވީމާ 2 ކޮޓަރީގެ އެޕާޓްމަންޓްއެއް ކުއްޔަށް ދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށްއެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. |
|
ބީލަން ޑޮކިއުމަންޓްސް |
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ވެބްސައިޓް www.lhaviyani.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. |
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ސުންގަޑި: |
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 08 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 އެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު، އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. އީމެއިލް މެދިވެރިކޮށް ބީލަން ހުށަހަޅާނަމަ [email protected] އަށް 08 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހަޅާ އީމެއިލްގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
|
އިތުރު މަޢުލޫމާތު: |
އެޑްމިނިސްޓްރޭޝަން އެޗްއާރު އެންޑް އިންފޮރމޭޝަން ޔުނިޓް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ / ޅ. ނައިފަރު، ދިވެހިރާއްޖެ، ފޯން: 6620331 ނުވަތަ 6620118، ފެކްސް: 6620043 އީމެއިލް: [email protected] |