ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
ތިލަދުންމަތީ އިތުރުބުރީ ހޯރަފުށީ ކައުންސިލް އަށް 1.5 (ދޮޅު) ޓަނުގެ ޕަވަރގޭޓް ޓްރަކެއް، ބީލަން ފޮތުގައި ދެވިފައިވާ ސްޕެސިފިކޭޝަން އާއި އެއްގޮތަށް ގަނެ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
މި މިސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލްއަށް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން
މުއްދަތު: 2020 އޮގަސްޓް 31 އިން 2020 ސެޕްޓެމްބަރ 03 އަށް (ބަންދު ދުވަސްތަށް ނުހިމަނާ)
ތަން: ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
އީ-މެއިލް: [email protected]
އަންދާސީ ހިސާބުގައި ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ލިޔުމުން ހުށަހަޅަންވާނެވެ.
މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
ރަޖިސްޓްރީ ނަންބަރު.
އީމެއިލް އެޑްރެސް.
ގުޅޭނެ މޯބައިލް ނަންބަރު.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ސެޕްޓެމްބަރ 09 ވާ ބުދަ ދުވަހުގެ 11:30 ގައި ހޯރަފުށީ ރަށްޔިތުންގެ ރަށްވެހިގެ (އޯކިޑްވިލާ) ކޮންފަރެންސް ހޯލުގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތައް ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ކޯޕަރޭޓް އެފެއާރޒް ސެކެޝަން
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ހއ.ހޯރަފުށި، ދިވެހިރާއްޖެ
ބީލަމުގެ ނަން: 1.5 (ދޮޅު) ޓަނުގެ ޕަވަރގޭޓް ޓްރަކެއް ގަނެ ސަޕްލައި ކުރުން
އިޢުލާނު ނަންބަރު: IUL)247-CA/247/2020/94)
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށ ލިބިގެންވެއެވެ.