މަސައްކަތް
ނަންބަރު: (IUL)94-Q/94/2020/36
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 08 ސެޕްޓެންބަރު 2020 11:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް އިމާރާތެއް، ސ.ހިތަދޫ އަދި ހދ.ކުޅުދުއްފުށީގައި ޤާއިމްކުރުމަށްޓަކައި ބޭނުންވާ ކޮންސެޕްޓް ޑިޒައިން އަދި ޑީޓެއިލް ޑިޒައިންކޮށް، ކޮންސަލްޓެންސީ ދެވޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރ: 33 (IUL)94-Q/1/2020/ އާއި ގުޅިގެން ދީފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރަން ޖެހޭކަމަށް އިވެލުއޭޝަން ކޮމިޓީއަށް ފާހަގަކުރެވިފައިވާތީ މި އިޢުލާނު ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު:  PC-942020W-12

އަންދާސީ ހިސާބު ބޭނުންވެއްޖެ      

 

  1. މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް އިމާރާތެއް، ސ.ހިތަދޫ އަދި ހދ.ކުޅުދުއްފުށީގައި ޤާއިމްކުރުމަށްޓަކައި ބޭނުންވާ ކޮންސެޕްޓް ޑިޒައިން އަދި ޑީޓެއިލް ޑިޒައިންކޮށް، ކޮންސަލްޓެންސީ ދެވޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރ: 33 (IUL)94-Q/1/2020/ އާއި ގުޅިގެން ދީފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރަން ޖެހޭކަމަށް އިވެލުއޭޝަން ކޮމިޓީއަށް ފާހަގަކުރެވިފައިވާތީ މި އިޢުލާނު ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 08 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 11:00  އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެ، މިމަސައްކަތަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑު ހުށައެޅޭނީ މައުލޫމާތު ބައްދަލުވުމަށް ހާޒިރުވެ، ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  3. ބީލަން ހުށައެޅުން އޮންނާނީ 17 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00  އަށް މިއޮފީހުގެ އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް (ހުރަވީ ބިލްޑިންގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް،

މޯލްޑިވްސް އިމިގްރޭޝަން،

ހުރަވީ ބިލްޑިންގް، 2 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

      ވެބްސައިޓް:www.immigration.gov.mv

ފޯން    : +960 3330436, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

 

30 އޮގަސްޓް 2020