މަސައްކަތް
ނަންބަރު: IUL-D/423/2020/ 42
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 08 ސެޕްޓެންބަރު 2020 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މި އިޢުލާންވަނީ 13 ސެޕްޓެންބަރު 2020 11:59 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން ނަމްބަރ: IUL-D/423/2020/42

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގެ މާކަރީ ލައިޓްތަށް ބަދަލުކުރުމާއި ލައިޓްތަކުގެ ހޮޅިތަކަށް އަރާފޭބޭގޮތް ހެދުމާއި ޕޭމަންޓްގާ ބަދަލުކުރުމާއި ފާޚާނާއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރި ވެލައްވާ ކުންފުނި އަދި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުން  02 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ސެޕްޓެމްބަރ 2020  ވާ އަންގާރަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " ފަރެސްމާތޮޑާ ފުޓްސަލް ދަނޑުގެ މާކަރީ ލައިޓްތަށް ބަދަލުކުރުމާއި ލައިޓްތަކުގެ ހޮޅިތަކަށް އަރާފޭބޭގޮތް ހެދުމާއި ޕޭމަންޓް ގާ ބަދަލުކުރުމާއި ފާޚާނާއެއް ހެދުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

30 އޮގަސްޓް 2020