މަސައްކަތް
ނަންބަރު: MWSC-L/3/ADV/2020/57
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 01 ސެޕްޓެންބަރު 2020 23:59
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސަމްޕް ވެލް (ޕީ.އެސް 1) ގެ ފައިބާރ ކޯޓިންގް ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، ސަމްޕް ވެލް (ޕީ.އެސް 1) ގެ ފައިބާރ ކޯޓިންގް ބަދަލު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްވުން.
  • ނެޝަނަލް ކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަނ (މުއްދަތު ހަމަނުވާ) އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓްރ ީވެފައިވާ ފަރާތަކަށްވުން.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ފައިސާދެއްކުމަށް ބެންކު ޓްރާންސްފަރ ފޯރމް ފުރިހަމަ ކުރެއްވުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވޭނެއެވެ. https://banktransfers.mwsc.com.mv ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 300.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 30 އޮގަސްޓް 2020 އިން 01 ސެޕްޓެމްބަރ 2020 އަށެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 03 ސެޕްޓެމްބަރ 2020 ގެ ހެނދުނު  08:00 އިން މެންދުރު ފަހު 02:00 އަށް ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.                          

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 06 ސެޕްޓެމްބަރ 2020 ވާ ދުވަހު 11:30 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 09 ސެޕްޓެމްބަރ 2020 ވާ ދުވަހު 11:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/10،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ ބިޑް އެވޯރޑްކުރެވޭތާ 14 ދުވަސްތެރޭގައި ހުށައަޅަންވާނެއެވެ.

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

30 އޮގަސްޓް 2020