މަސައްކަތް
ނަންބަރު: S4C-B/2020/8
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 10 ސެޕްޓެންބަރު 2020 13:00
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އަގުކޮމިޓީގެ ދަފްތަރު އެކުލަވާލުމާއިބެހޭ

އަގުކޮމިޓީގެ ދަފްތަރު އެކުލަވާލުމާއިބެހޭ: 

         މި ކޯޓަށް ހުށަހެޅޭ އެކިއެކި މައްސަލަތަކާއި ގުޅިގެން ގޯތި ގެދޮރާއި އެހެންވެސް ތަންތަނާއި ތަކެތި އަގުކުރުމަށް ބޭނުންވާތީ އެފަދަ ތަންތަނާއި ތަކެތި އަގުކޮށްދޭނެ ފަރާތްތައް އައްޔަންކޮށް އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.

         ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 13:00ގެ ކުރިން ލިޔުމަކުން އެކަން މި ކޯޓަށް އަންގަވާ ދެއްވުންއެދެމެވެ. އަގުކުރާ ކަންމާއި ތަންތަނާއި ތަކެތީގެ ތެރޭގައި ރޭނުމާއި ވަޑާންކުރުމާއި، ފެންވައިރިންގ ކުރުމާއި އަތްކަންކުރުމާއި، ކަރަންޓް ވައިރިންކުރުމާއި، އިލެކްޓްރޯނިކްސް މަސައްކަތްކުރުމާއި، ރެފްރިޖަރޭޝަނާއި، އެއަރ ކޮންޑިޝަންގެ މަސައްކަތްކުރުން ފަދަ ކަންކަން ހިމެނޭތީ، މީގެ ތެރެއިން އެމީހަކު ފަންނުވެރިވެފައިވާ ކަމެއް މިލިޔުމުގައި ބަޔާންކުރުން އެދެމެވެ. އަދި މިފަދަ ކަމެއްގެ ތަމްރީނު ހޯދާފައިވާ މީހެއްނަމަ ލިބިފައިވާ ސެޓްފިކެޓުގެ ކޮޕީއެއް ހުށަހެޅުއްވުންވެސް އެދެމެވެ.

         އަގު ކޮމިޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރެވޭނީ އޭގެ ތެރެއިން އެވަގުތަކު ކުރަން ބޭނުންވާ ކަމަކާއި ގުޅޭގޮތުން އެންމެ ބޮޑަށް މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ.

އަގުކޮމިޓީގެ މެމްބަރުންނަށް ދެވޭ އުޖޫރަ އާއި ޢިނާޔަތްތައް:

        އަގުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކު -/300ރ(ތިންސަތޭކަ ރުފިޔާ)

ޝަރުޠު:

       ގޯތިގެދޮރާއި އެހެންވެސް އެފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ އަދި ޢަމަލީ މަޢުލޫމާތު ލިބިފައިވުމާއި އަދި އެކަމަށް އެކަށޭނެ މިންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން. 

30 އޮގަސްޓް 2020