ދިވެހިރާއްޖެ
އިއުލާން
03 ކޮޓަރީގެ ގެއެއް ބޭނުންވެއްޖެ
މިއިދާރާގެ ނަންބަރ: (IUL)338-ESMS/338/2020/26 އިޢުލާނާއި ގުޅިގެން މިއިދާރާއަށް އެސްޓިމޭޓް ހުށަހަޅާފައިވާ ފަރާތުން ކުއްޔަށް ދޭން ނިންމާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ ފަރާތުން މިރަށުގައި ހިންގާ ލޭންޑް ރިކްލަމޭޝަން އެންޑް ޝޯރ ޕްރޮޓެކްޝަން ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރުމަށްޓަކައި މިރަށުގައި ހަރަކާތްތެރިވާ އެކުންފުނީގެ މުވައްޒަފުން ޕްރޮޖެކްޓްގެ މުއްދަތުގައި ދިރިއުޅުމަށް 03 ކޮޓަރި އާއި 03 ފާޚާނާ އާއި ސިޓީންގރޫމާއި ބަދިގެ އަދި ކާތަން ހިމެނޭގޮތަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ ފަރާތުން ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ އެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 އޯގަސްޓް 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00އަށް އެސްޓިމޭޓް ހުށަހެޅުމަށް، މިއިދާރާއަށް ދުރުވުންއެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިއްލާން ކުރީމެވެ.