ދިވެހިރާއްޖެ
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހި ރާއްޖޭގެ އިޤްތިޞާދަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށްޓަކައި، 18 މާރިޗް 2020 ގައި ޢާންމުކޮށްފައިވާ ނޫސްބަޔާނުގެ (PR/SDFC/2020/01) ދަށުން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ މޮރެޓޯރިއަމްގެ މުއްދަތު، އިތުރުކޮށްދިނުމަށް މި ކޯޕަރޭޝަނުންވަނީ ނިންމާފައެވެ.
01 ސެޕްޓެމްބަރު 2020 ފެށިގެން މޮރެޓޯރިއަމްގެ މުއްދަތު 04 މަސްދުވަހަށް އިތުރުކުރުމަށް ނިންމާފައިވަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ލޯނުތައް ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމަށް ބެލެވޭތީއެވެ. އަދި 07 ސެޕްޓެމްބަރ 2020 ގައި މޮރެޓޯރިއަމްއަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެކަން ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. ކުރިންވެސް އިޢުލާންކުރެވުނު ފަދައިން މޮރެޓޯރިއަމްގެ މުއްދަތުގައި، އެސްޑީއެފްސީއިން ދޫކުރެވިފައިވާ ލޯނުތަކުގެ އިންޓްރެސްޓްގެ އަދަދު 4% އަށް ކުޑަކުރޭވެނެއެވެ.
މިކޯޕަރޭޝަނުން މިވަގުތު އެންމެ އިސްކަމެއްދެނީ ކޮވިޑް-19 އާ ގުޅިގެން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށެވެ.
މޮރެޓޯރިއަމްއަށް އެދުމާ ގުޅޭ އިތުރު މަޢުލޫމާތު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ވެބްސައިޓު(www.sdfc.mv) މެދުވެރިކޮށް 07 ސެޕްޓެމަބަރ 2020 އިން ފެށިގެން ލިބެން ހުންނާނެއެވެ.